ބޮލީވުޑް އެކްޓަރ ސޯނަމް ކަޕޫރު އާދީއްތަ ދުވަހު މީސް މީޑިއާގައި، އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އާނަންދު އަހުޖާއާއި އެކީ ނަގާފައިވާ ފޮޓޯ ހިއްސާކޮށްފައިވަނީ އެކީގައި އުޅޭތާ ހަތް އަހަރު ފާހަގަކުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ.

އިންސްޓަރގްރާމްގައި ފިލްމް ނީރުޖާގެ ބަތަލާ ސޯނަމް ހިއްސާކުރި ފޮޓޯގެ ކެޕްޝަންގައި ބުނެފައި ވަނީ "ތިބާޔާ އެއްވަރުގެ އެކަކުވެސް ނެތް... ތިބާމަތިން ވަރަށް ހަނދާންވޭ.. ކޮންމެ ދުވަހަކުވެސް ލޯބިވޭ" މިފަދަ އެތައް ތައުރީފްގެ ބަސްތަކަކާއެކެ ލިޔެފައި ވެއެވެ.

ސޯނަމް އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއިން ފެނިގެންދަނީ އެކަކު އަނެކަކާއި ބައްދާލައިގެން ތިބޭ ތަނެވެ.

ސޯނަމްގެ އެ ޕޯސްޓަށް އާނަންދުވެސް ކޮމެންޓް ކޮށްފައި ވެއެވެ. "ސޯނާ. 7 އަހަރުވީ މެއި ގައި، އަހަރަމެން ގުނަން ފަށާނީ އަހަރަމެންގެ ފުރަތަމަ ޑޭޓްއިން، ފުރަތަމަ ފޯނުން ވާހަކަ ދައްކަން ފެށިދުވަހަކުން ނޫން ދޯ؟".

ސޯނަމްގެ އެ ފޮޓޯއަށް މަންމަވެސް ކޮމެންޓްކޮށްފައިވައިރު، އޭނާ ވަނީ ވަރަށް ގިނަ ހިތުގެ އިމޯޖީ ހިއްސާ ކޮށްފައެވެ.

ސޯނަމް އަދި އާނަންދް ކައިވެނިކުރީ 8 މެއި 2018 ވަނަ ދުވަހުއެވެ.

މި ދެމަފިރިންނަށް މި އަހަރުގެ އޮގަސްޓް މަސް ތެރޭގައި ދަރިއަކު ވަނީ ލިބިފައެވެ. އެ މީހުންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ސޯނަމްގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޝޯނަމް މަހިޖާ ޑައިރެކްޓް ކުރާ ފިލްމް ކަމަށްވާ "ބްލައިންޑް" އިންނެވެ. މިފިލްމްގައި ޕޫރަބް ކޮލީ، ވިނޭ ޕަތޭކް އަދި ލިލެޓް ދުބޭ މުހިންމް ރޯލްތަކުން ފެނިގެންދާނެއެވެ. މި ފިލްމް ނެރޭނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.