އިންޑިއާގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރް މިދިޔަ ބުދަ ދުވަހު ހުރީ ދިއްލީގައެވެ. އިވެންޓަކަށް އޭނާ ދިއްލީއަށް ދިޔައިރު، މޯލްގައި އޭނާއާއެކު ފެނުނީ ފިރިމީހާ އާނަންދު އަހުޖާ އެވެ.

ދާދި ފަހުން ސޯނަމް އާއި އާނަންދުއަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. މިދިޔަ އޮގަސްޓް މަހު ދަރިފުޅު ލިބުނު ފަހުން ސޯނަމް ބޮޑު އިވެންޓަކަށް ފުރަތަމަ ފަހަރަށް ދިޔައިރު، އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ފެނިފައި އެތައް ބަޔަކަށް ލިބިގެން ދިޔައީ ހަައިރާން ކަމެކެވެ.

ތިން މަސް ތެރޭގައި ސޯނަމް ވަނީ ވަރަށް ބޮޑަށް ހިއްކާލާފައެވެ.

ސޯނަމް ވަރަށް ބޮޑަށް ހިކިފައި ހުރި ކަން އާއްމުވެފައިވާ ވީޑިއޯތަކުންވެސް ފެނިގެން ދެއެވެ. އެގޮތުން އާނަންދު، ސޯނަމް އެއާޕޯޓްގައި ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ޕަޕަރާޒީ އެކައުންޓަކުން ހިއްސާ ކޮށްފައި ވަނިކޮށް، އޭނާގެ ސްޓޯރީއަށް ލުމަށްފަހު ވަނީ "ތިން މަސް" މިހެން ލިޔެފައެވެ. އަދި ޝޮކިންގެ އެމޯޖީ ޖަހާފައި ވެއެވެ.

ސޯނަމް ވަނީ ވިހެއުމަށްފަހު ވަރަށް ބޮޑަށް ހިއްކާލިއިރު، ބަނޑުބޮޑުކަން އިއުލާނު ކުރި ފަހުން އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޕޯސްޓް ކުރަމުންދިޔަ ފޮޓޯތަކުން ފެނިގެން ގޮސްފައި ވެއެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޛ

    ފިރިހެން ކުއްޖެއް ލިބުނީ

  2. ނިއުމާ

    ޥެދާނެ ހަކުރު މާމަތީކަމަށް

    • ހުސޭނުބޭ

      އެކޮއި ފެންވަރައިގެން ނުކުމެ ތުވާލިން ހިއްކާލީ