ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ އެންމެ އުސް އަސް، އުމުރުން 20 އަހަރުގައި މަރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ އުސް އަހުގެ ނަމަކީ ބިގް ޖޭކްއެވެ. މި އަހުގެ ވެރިފަރާތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބިގް ޖޭކް އަކީ ވޯލްޑް ރިކޯޑް ހޮލްޑާއަކަށް ވުރެ ބޮޑަށް އާއިލާގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ބިގް ޖޭކްއަކީ މީހުންނަށް ވަރަށް ރަނގަޅު އަދި ވަރަށް ގުޅޭ އަހެއްކަން އާއިލާއިން ފާހަގަ ކުރެއެވެ. ޔޫއެސްއޭގެ ވިސްކޮންސިސްގައި ހުންނަ ޕޮއިނެޓްގެ މި އަސް ގެންގުޅެނީ ޖެރީ ގިލްބާޓް ކިޔާ މީހަކާ އޭނާގެ އާއިލާ އިންނެވެ.

ގިނެސް ވޯލްޑް ރިކޯޑް ފޮތުގެ އެންމެ އުސް އަހުގެ ރިކޯޑު ބިގް ޖޭކް ހޯދީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި އަހުގެ ނަން ގިނެސް ވޯލްޑް ރިކޯޑް ފޮތުގެ 2011 ވަނަ އަހަރުގެ އެޑިޝަންގައި ވަނީ ހިމަނައިފައެވެ.

ބިގް ޖޭކްގެ އިސްކޮޅުގައި 210.19 ސެންޓިމީޓަރު، 82.75 އިންޗި ހުރެއެވެ. މި އަސް ބަލާލަން ގިނަ ބަޔަކު ސްމޯކީ ހޮލޯ ފާމް އަށް ޒިޔާރަތް ކުރެއެވެ. މި ފާމް އަކީ ބިގް ޖޭކް ގެންގުޅޭ ފަރާތުގެ ފާމް އެކެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބިގް ޖޭކްގެ ގެންގުޅޭ އާއިލާ އިން ބޭރުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބިގް ޖޭކް ދެކިލުމަށް އެތައް ބަޔަކު ޒިޔާރަތް ކުރާ ކަމަށާއި އާއިލާއިން އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު