ދިވެހި ފިލްމް އިންޑަސްޓްރީއިން ފާހަގަ ކޮށްލެވޭ ކުޅަދާނަ އެކްޓަރ އަލީ އާޒިމް، އެންމެން ދަންނަ ނަމުން ނަމަ ދޮން އައްޔަ ބައްޕައަކަށް ވާން އުޅޭކަން ހާމަ ކޮށްފިއެވެ.

ދޮން އައްޔަ އާއި ހައްވާ ޖީނާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ކައިވެނި ކޮށްފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ކައިވެންޏަށް ދެ އަހަރުވާން ކައިރިވެފައިވަނިކޮށް ދޮން އައްޔަ ބައްޕައަކަށް ވާން އުޅޭކަން ހާމަ ކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.

ޖީނާގެ ބަނޑުގައި ދޮން އައްޔަގެ އަތް ބާއްވައިލައިގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލަމުން ލިއެފައިވަނީ އޭނާގެ ޖާން ދެކިލާހިތުން ކެތްމަދުވެފައިވާ ކަމަށެވެ. އެ ފޮޓޯއަށް ކޮމެންޓްކޮށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

 

View this post on Instagram

 

A post shared by Ali Azim (@dhon.ayya)

ދޮން އައްޔަ އަކީ ފިލްމުތަކުން ފެނި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ފިލްމުތަކުން ފެނިގެންދާ ސަކަ މިޒާޖުގެ ކެރެކްޓާ އަކީ ބެލުންތެރިން ފިލްމު ބެލުމަށް ޝައުގުވެރިވާނެ ސަބަބެކެވެ. މިހާތަނަށް ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މަޝްހޫރު ކޮމެޑީ ފިލްމް ނޯޓީ40 އާއި 40+ އިން ދޮން އައްޔަ ފެނިގެންދިޔައެވެ. އޭގެ އިތުރުން ބޮސް، ހައްދު، ލީނާ، މަލިކާ، ދެވަންސޫރަ، ބަޅިނދު، ލޯބިވެވިއްޖެ އަދި އެންމެ ފަހު ވިންދާ ޖެހެންދެން ފަދަ ފިލްމުތަކުން ދޮން އައްޔަ ފެނިގެން ގޮސްފައިވެއެވެ.

ކުރިޔަށް ނިކުންނަން އޮތް ފިލްމް 'ހެހެސް' އިން ވެސް ދޮން އައްޔަ ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަން ކުން

    ދޮން އައްޔާމެން އެއުޅެނީ ހާދަ ލޯބީންނޭ ދޯ

    12
  2. ސަރުދާރު

    މިނޫން ފޮޓޮއެއް ނުލިބުނީ ލާން؟

    3
    4
  3. މހމމ

    ހޫ..؟

    5
    1
  4. Anonymous

    ބޯދިގު ކުރީމަ ވަރަށް ހަޑި.