ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފިލްމީތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ރަފީއު (ޔޫސޭ)ގެ ބައްޕަ އިބްރާހިމް ދާއޫދް ނިޔާވެއްޖެއެވެ.

ޔޫސޭއަކީ ފިލްމީތަރިއެއްގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން މާލޭގެ މެންބަރު ކަން ވެސް ކުރައްވާފައެވެ. ޔޫސޭ މާލޭ މެންބަރުކަމަށް ހޮވިވަޑައިގެންނެވީ 1998 ވަނަ އަހަރުއެވެ.

ޔޫސޭ މިއަދު އޭނާގެ ފޭސްބުކް އެކައުންޓްގައި ހާމަކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ބައްޕަ އިބްރާހިމް ދާއޫދް ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

ޔޫސޭއަކީ 1990ގެ އަހަރުތަކުން ފެށިިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ މަގުބޫލުކަން ހޯދަމުން ދިޔަ އެއް ފަންނާނެއެވެ.

މަޖާ ފިލްމުތަކާއި ޑްރާމާ ސިލްސިިލާތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޔޫސޭއަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލް ފަންނާނެކެވެ. ޔޫސޭގެ ތަފާތު ކެރެކްޓަރއެއް ފެނިގެން ދިޔަ އެކައްޗަކީ "ދިރިއުޅުމަކީ މިއީބާ" ޑްރާމާއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާމީން

    ވަރަށް ވައްތަރު ޔޫސޭއާ، ﷲ ހެޔޮ ރަހުމަތް ލައްވާށި

    47
  2. ޥުޑީ

    މައްޔިތާގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. ޢާމީން.. ޔޫސޭގެ އާއިލާއަށް ތައުޒިޔާ ދަންނަވަން..

    28
  3. އާދަމް

    ޔޫސޭގެ ބައްޕަ ޔޫސޭއަށްވުރެ މާ ޒުވާންކޮށްފެންނަނީ

    16
  4. Anonymous

    ކަނޑޫދޫ ކުޑައިބުރާހީމް.

    12
    1