ކުރިން ލަވަތަކުން ވަރަށް ބޮޑަށް ފެނި އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި ސޯނިޔާ އަށް ދަރިޔަކު ލިބިއްޖެ އެވެ.

ސޯނިޔާއަށް ކުއްޖަކު ލިބުނުކަން ޓިކްޓޮކްގައި ވަނި ހާމަކޮށްފަ އެވެ.

ނަމަވެސް އޭނާއަށް ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ނޭނގެ އެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ސޯނިޔާ ކައިވެނި ކޮށްފައި ވަނީ ރާއްޖެ ޓީވީގެ ކެމެރާމަން މުހައްމަދު އަލީއާ އެވެ. ކައިވެނި ކުރީ މިދިޔަ ޖޫން މަހު އެވެ.

މީގެ ކުރިން ދެ މީހުން ވެސް ކައިވެންޏެއްކޮށްފައި ވެއެވެ. އަދި އަލީއަށް އެހެން ކައިވެންޏަކުން ކުދިން ލިބިފައި ވެއެވެ.

ކުރިން ލަވަތަކުން ސޯނިޔާ ފެނުނަސް މިހާރުގެ ލަވަތަކުން އޭނާ ނުފެނެ އެވެ. ނަމަވެސް ޓިކްޓޮކްއިން ސޯނިޔާ މިހާރު ފެނެއެވެ.

ސޯނިޔާގެ އެންމެ ޒުވާން ދުވަސްވަރު ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ފަދަ މަޝްހޫރު ތަރިންނާއެކު ލަވަތަކުން ފެނިގެން ގޮސްފައެވެ.

އޭގެ އިތުރުން، ސޯނިއާ ވަނީ ބޮލީވުޑްގެ ފިރިހެން ތަރިއަކާއެކު ލަވައެއް ކުޅެފައެވެ. އެ ތަރިއަކީ ރާޖީވް ޚަންޑެވެލް (ސޫޖަލް)އެވެ. އެއީ ވިދާތަރި އަލްބަމަށް އިބްރާހިމް އާމިރު އާއި ފަޒީލާ ކިޔާދީފައިވާ "މިރޭ ތަރިން" ލަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރްޙަބާ ދެކަނބަލުން
    ދަރިފުޅަށް އިސްލާމީ ރިވެތި ތަރްބިއްޔަތު މުހިންމީ

    39
    1
  2. ހުވަދޫ އަލިބެއްޔާ

    ބަނޑަށް ކިތަށް މަސް؟ އެވަރުވެސް ބުނެލި ނަމަ..