އަށާރަ އަހަރަށް ފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ފަރުދީން ހާންއާއި ނަތާޝާ މަދުވާނީގެ ކައިވެނި ރޫޅާލަން ނިންމައިފި އެވެ.

ނަތާޝާއާއި ފަރުދީން މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކުރިން އެ ދެމަފިރިން އިނގިރޭސިވިލާތުގައި އުޅުނު ނަމަވެސް ފަރުދީން އިންޑިއާގެ ބޮމްބޭގައި އުޅޭތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ.

އަދި އިތުރަށް ދެން އެކުގައި ނޫޅެވޭނެ ކަމަށް ނިންމައި ކައިވެނި ރޫޅާލަން ނިންމާާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ މުމްތާޒްގެ ދަރިފުޅު ނަތާޝާއާއި ފަރުދީން ކައިވެނި ކުރީ 2005 ވަނަ އަހަރު އެވެ.

އެ ދެމަފިރިންނަށް ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ.

ފަރުދީން ފިލްމީ ދާއިރާއަށް ނުކުތީ 1998 އަށް ވަނަ އަހަރު ނެރުނު ފިލްމް "ޕްރޭމް އަގަން" އިން އެވެ. ނަމަވެސް އޭނާއަށް ބޮލީވުޑްގައި ފިލްމުތަކުން މާބޮޑު ކާމިޔާބެއް ނުލިބެ އެވެ.

އަދި 2010 ވަނަ އަހަރު ނުކުތް "ދުލާ މިލްގަޔާ" ގެ ފަހުން ފިލްމަކުން ނުފެނެ އެވެ.

އަދި އޭގެ ފަހުން ހުރީ ވަރަށް ބޮޑަށް ފަލަަވެފަ އެވެ.

ނަމަވެސް އޭގެފަހުން އަނެއްކާ ވެސް ކެމެރާގެ ލޯތަކަށް ގެއްލުމަށް ފަހު ދެން ފެނުނު އިރު ފަރުދީން ވަނީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްލާ ފިޓްވެފައެވެ. އޭގެފަހުން އެނބުރި އިންޑަސްޓްރީއަށް އަންނަ ކަމުގެ އިޝާރާތެއް ދީފައިވީ ނަމަވެސް އެކަމުގެ ޚަބަރުތަކެއް ނުވެ އެތައް މަހެއް ފާއިތުވުމަށް ފަހު ފިލުމު ''ވިސްފޮޓް'' ގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިޔާޒު

    ރަނގަޅު ކަމެއް. ބައު މުދާ ވިއްކާ ނުވަތަ ނީލަން ކިޔާ އައު ޖީލުން އުފާ ހޯދަން ޖެހޭ. ކުރަން ޖެހެނީ ދާދި އެއް ޚަރަދެއް. ބޮލުގައި ރިއްސުވަންޏާ އެއްލާލަން ޖެހޭނެ އެއީ ފިރިމީހާ ވިޔަސް އަނބި މީހާ ވިޔަސް މި ޒަމާނުގައި ޒުވާނުން ގިނަ އެތަނުން މީހަކު އަލުން ގެޔަށް ގެންދަންވީ.

    2
    5
  2. ނަތާށާ

    ފަރުދީނުމެން އަބަދު ސްނެޕް ޗެޓްގަ. މަވިއްޔާ 18 އަހަރު ކެތްކޮއްފިން. ކަމެއްކޮއްލަން ވަގުތެއްނޯވޭ. އަބަދު ފޯނަށް ބޯކޮއްޕައިގެން. މަވެސް އަންހެނެއްވިއްޔާ،ބޭނުންވާ ކަންކަން ހުންނާނެ ދޯ.