އެމެރިކާގެ މަގްބޫލު "ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންސް" ރިއަލިޓީ ޝޯވއިން މަޝްހޫރުކަން ހޯދި ކޯޓްނީ ކާޑޭޝިއަންއަށް ފިރިހެންކުއްޖަކު ލިބެން އުޅޭ ކަން ހާމަކޮށްފިއެވެ.

ކޯޓްނީ މި ވާހަކަ ހިއްސާކޮށްފައިވަނީ "ޖެންޑަރ ރިވީލް" ޕާޓީ ހަފްލާގައިއެވެ.

އުމުރުން 44 އަހަރުގެ ކޯޓްނީ ބަނޑުބޮޑުކަން އިއުލާންކޮށްފައިވަނީ އޭނާގެ ފިރިމީހާ ޓްރެވިސް ބާކަރގެ، ލައިވް ކޮންސަޓް ތެރޭގައި "ޓްރެވިސް، އަހަރެން ބަނޑުބޮޑު" އޭ ޖަހާފައިވާ ބޯޑެއް ދައްކާލަމުންނެވެ. އެ ބޯޑު ފެނުމާއިއެކު، ޓްރެވިސް ވަނީ ހުށަހަޅަމުންދިޔަ ލަވައިގެ މެދުތެރެއިން ސްޓޭޖުން ފައިބާ، ކޯޓްނީއާއި އެކު އުފާ ފާޅުކޮށްފައެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ދޮށީ ދަރިފުޅު ކަމުގައިވާ ކޯޓްނީ ވަނީ އުމުރުން 47 އަހަރުގެ ޓްރެވިސްއާއި ކައިވެނިކުރުމަށްފަހު އައިވީއެފް މަރުހަލާއިން ކުއްޖަކު ހޯދޭތޯ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، އޭނާގެ ބަލި ޙާލަތު ހުރި ގޮތުން، ޑޮކްޓަރުންގެ ލަފާގެ މަތިން، އެ ދެމީހުން ވަނީ އައިވީއެފް ހުއްޓާލާފައިއެވެ. އޭގެ އަހަރެއް ފަހުން މިހާރު އޭނާ ބަލިވެ އިންކަން ކޯޓްނީ ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ މޭ މަހުގައި މިއުޒިކް ބޭންޑް ޑްރަމާ ޓްރެވިސްއާއި ކައިވެނިކުރި ކޯޓްނީގެ 3 ކުދިން ތިބެއެވެ. ކޯޓްނީއާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކް، 39ގެ އެންމެ ދޮށީ ދަރިފުޅަށް 13 އަހަރު ފުރިފައިވާއިރު އެ ދެމީހުންގެ އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 8 އަހަރެވެ.

ޓްރެވިސްއާއި އޭނާގެ ކުރީގެ އަނބިމީހާގެ ދެ ކުދިން ތިބެއެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅަށް 29 އަހަރު ފުރިފައިވާއިރު، ހަގު ދަރިފުޅަށް މިހާރު ވަނީ 17 އަހަރު ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ތިޔަ މީހުންނަށް ވަކި ޖިންސެއްގެ ދަރިންނެއް ނުލިބޭނެ. އެނގޭނީ ބޮޑެތިވެ،އެމީކު ބަދަލުވާން ބޭނުންވާ ޖިންސެއް އެނގުނީ މާ. ދެން ކިޔާނެ، އައޭމް އާ ބޯއި އިން ގާލްސް ބޮޑީއޭ،ނޫނީ އައޭމް އާ ގާލް އިން ބޯއިސް ބޮޑީ އޭ.