ބިލިއަނަރު ރިޗަޑް ބްރެންސަން އޭނާގެ އަމިއްލަ ކުންފުނި ވާޖިން ގެލެޓިކްގައި ޖައްވަށް ދަތުރުކުރުމަށް ފަހު، ރައްކާތެރިކަމާއި އެކު އެނބުރި ދުނިޔެ އަށް އައިސް ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.

ރިޗަޑް އާއި އޭނާ އާއިއެކު ތިން މިޝަން ސްޕެޝަލިސްޓުން އަދި އެމީހުން ދަތުރުކުރި ފްލައިޓްގެ ދެޕައިލެޓުން ޖައްވަށް ކުރި ދަތުރަކީ ޖައްވަށް ފަތުރުވެރިން އުފުލުމުގެ ފެށުމެވެ. މިދަތުރު ވެގެން ދިޔައީ ޖައްވީ ފަތުރުވެރިކަން ކާމިޔާބު ކުރަން ރިޗަޑް އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެން ދިއުން ކަމުގައެވެ.

ދުނިޔެ އިން ނިކުމެ ޖައްވުގެ ތެރޭގައި ދުނިޔެ ބަލާލުމުގެ އުފާ ލިބިގަތުމަށް ފަހު ރިޗަޑް އާާއި އޭނާގެ ބައިވެރިން އެނބުރި އަނެއްކާ ދުނިޔެ އަށް އައީ ދުނިޔެ އިން ބޭރަށް 80 ކިލޯ މީޓަރަށް ދަތުރު ކުރުމަށް ފަހުއެވެ.

ޖައްވުގައި 20 މިނެޓްގެ ހޭދަކުރުމަށް ފަހު އެނބުރި ދުނިޔެ އަށް އައި ރިޗަޑްގެ ޓީމުން އަދި ދަތުރާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

ވާޖިން ގެލެޓިކް އިން ޖައްވަށް ފަތުރުވެރިން އުފުލުމުގެ މަސައްކަތުގެ އެންމެ މުހިއްމު އެއްފިޔަވަޅު ކުރިއަށް އެޅިނަމަވެސް ވިޔަފާރި އުސޫލުން ފަތުރުވެރިން ޖައްވަށް އުފުލުމުގެ މަސައްކަތް ފެށުމުގެ ކުރިން އަދި ވަރަށް ގިނަ ޓެސްޓް ފްލައިޓްތަކެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވާޖިން ގެލެޓިކް އިން ބުނާ ގޮތުގައި އެކުންފުނިން ޖައްވަށް ފަތުރުވެރިޔަކު ގެންގޮސް ދޭނީ 25000 ޑޮލަރަށެވެ. މިހާރު ވެސް 600 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ ޖައްވަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެތެރޭގައި ޖަސްޓިން ބީބާ އާއި ލިއަނާޑޯ ޑިކެޕްރިއޯ ފަދަ ފަންނާނުން ވެސް ހިމެނެއެވެ.

އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސްް ވެސް މީގެ ނުވަ ދުވަސް ފަހުން ޖައްވަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 20 ވަނަ ދުވަހު އެވެ. ޖެފް ޖައްވަށް ދަތުރު ކުރާނީ އޭނާގެ އަމިއްލަ އުޅަނދެއްގައެވެ. ބިލިއަނަރު އެލޮން މަސްކް ވެސް ދަނީ އޭނާގެ އަމިއްލަ އުޅަނދެއްގައި ޖައްވަށް ދިއުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢަޙްމަދު

  އަދިި ނުދެވޭ ދުނިޔެއިން ބޭރަކަށް ދުނިޔެއިން ބޭރަށް ދެވޭނީ އެއްމެ ފަހަރަކު ދިއުމަށް ފަހު ދެންއަނބުރާނާދެވޭނެ.

  7
  1
  • އެންޑްރޮމީޑާ ގެލެކްސީ

   ސޯލަރ ސިސްޓަމުން ބޭރަށްވެސް އިންސާނަކަށް އަދި ނުދެވޭ....