މަރުވެފައި އޮއްވާ ފެނުނު ޕާކިސްތާނުގެ މަޝްހޫރު މޮޑެލް ނަޔާބް ނަދީމް މަރާއި ގުޅޭގޮތުން އެތައް ވާހަކައެއް އަންނަނީ ދެކެވެމުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ލާހޫރްގައި އޭނާ ދިރިއުޅެމުންދާ ގޭގެ ތެެރެއިންނެވެ. އެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު އާއިލާ އާ ހަވާލުކޮށްފައެވެ.

ޕާކިސްތާނުގެ މީޑިއާ ތަކުން އާއްމުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 29 އަހަރުގެ ނަޔާބްގެ ހަށިގަނޑު ފެނުނުއިރު އޮތީ ބަރަހަނާކޮށެވެ. އަދި އޭނާ ރޭޕްކޮށްފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާއިރު، އޭނާ މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

އޭނާގެ މަރާއި ގުޅިގެން ނަޔާބްގެ ދޮން ދެ ބޭބެއާ ދެކޮޅަށް މައްސަލައެއް ވަނީ ފައިލް ކޮށްފައެވެ.

ޑިފެންސް ބީ ޕޮލިސް ސްޓޭޝަން އެޝްއެޗްއޯ ނަޔަރް ނިޒާރް ބުނެފައި ވަނީ، ފުލުހުން ތުހުމަތު ކުރަނީ، މޮޑެލް ކަރުގައި ހިފައިގެން މަރާލީ ކަމަށެވެ.

މުހައްމަދު އަލީ ބުނެފައި ވަނީ، ޖުލައި ނުވަ ވަނަ ދުވަހު އޭނާ ކޮއްކޮ ގެއަށް ދިޔައީ ދަންވަރު ކަމަށާއި، ދިޔައިރު، ކޮއްކޮގެ ހަށިގަނޑު ފެނިފައި ވަނީ ބަރަހަނާކޮށް ބިންމަތީގައި އޮއްވާ ކަމަށެވެ.

"އަހަރެންގެ ކޮއްކޮގެ ކަރުގައި ނިޝާންތަކެއް ހުރި". އޭނާ ދިން ބަޔާނުގައި ވެއެވެ.

މުހައްމަދު އަލީ އިތުރަށް ބުނެފައި ވަނީ، އޭނާއަށް ނަޔާބް ދިރިއުޅޭ ގޭގެ ފާހަނައިގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި ހުރި މަންޒަރު ފެނުނު ކަމަށެވެ. އަދި ބެލެވެނީ ބަޔަކު ކޮއްކޮ މަރާލީ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭނާ ކޮއްކޮގެ ގެއަށް މިފަހަކުން އޭނާ ވަރަށް ގިނައިން ދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނެފައިވާގޮތުގައި، ނަޔާބްގެ ފޯނު އަދިވެސް ފެންނަ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް އެެގެއިން އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ބުނެފައި ވެއެވެ.

ނަޔާބް އަކީ އެކަނި ގޭގައި ދިރިއުޅެމުންދިޔަ މީހެއް ކަމަށްވެސް ބުނާއިރު، އޭނާއަކީ ކައިވެންޏެއް ކޮށްފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު