އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު އޭނާ މަސައްކަތް ކުރާ ތަނުގެ ވެރިޔާއަށް އޮޅުވާލައިގެން ފުޓްބޯޅަ މެޗެެއް ބަލަން ގޮސް ހުއްޓާ ޓީވީން ފެނުމާއި ގުޅިގެން ވަޒީފާ މި ވަނީ ގެއްލިފައެވެ.

ޑެއިލީ މެއިލްއިން ބުނެފައިވާގޮތުގައި، އުމުރުން 37 އަހަރުގެ ނީނާ ފާރޫގީ އޮފީހަށް ސަލާމް ބުނީ ބަލިވެ އުޅޭ ކަމަށް ބުނެއެވެ. އޭނާ ބަލިވެ އުޅޭކަން އެންގީ ވެމްބްލީގައި ކުރިއަށްގެންދިޔަ އިންގްލޭންޑް އާއި ޑެންމާކްގެ ސެމީ ފައިނަލް މެޗް ބަލަން ދާން އޭނާއަށް ހިލޭ ޓިކެޓް ލިބުމުންނެވެ. އޭނާއަށް ހިލޭ ޓިކެޓް ލިބިފައި ވަނީ ރަހުމަތްތެރިއަކަށް ފަހުވަގުތު ޓިކެޓް ލިބުމުންނެވެ.

ޑިޖިޓަލް ކޮންޓެންޓް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އޭނާ ދޮގު ހަދާފައި ވަނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމާއެކު އެ ދުވަހަށް އޮފް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

އެހެން ނަމަވެސް އޭނާ މަސައްކަތް ކުރާ ތަނުގެ ވެރިމީހާ ޓެއިލާއަށް އޭނާ ހެދީ ދޮގުކަން ފަޅާ އެރީ އޭނާ ޓީވީން ފެނުމުންނެވެ. ކެމެރާ އޭނާއަށް ޒޫމްކޮށްފައި ވަނީ އިންގްލޭންޑް ފުރަތަމަ ގޯލް ޖެހުމުން އޭނާ އާއި އޭނާގެ ރަހުމަތްތެރިން އެކަމާއި އުފާ ފާޅުކުރަމުންދިޔަ މަންޒަރު ދެއްކުމަށެވެ.

ފާރޫގީ ހީކުރީ އެއީ ވެދާނެ ކަމެއް ނޫން ކަމަށެވެ. އެއީ އެތަނަށް 60،000 އެއްހާ މިހުން ޒިޔާރަތް ކުރާނެތީއެވެ. އެހެން ނަމަވެސް ޓެއިލާ ވަނީ ފާރޫގީއަށް ގުޅާފައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

މިއާއެކު އޭނާގެ ކޮންޓްރެކްޓް ވަނީ އުވާލާފައެވެ. އެއީ އޭނާ ދޮގު ހަދައި އޮޅުވާލުމުންނެވެ.

"އަހަރުމެން ހަދާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކު އަހަރެމެންނަކަށް ޓޮލެރޭޓްއެއް ނުކުރެވޭނެ". ޓެއިލާ ބުނެފައި ވެއެވެ.

އެކަމާއި ފާރޫގީ ހުރީ ދެރަވެފައެވެ. އޭނާ ބުނީ، އޭނާއަށް ކުރެވުނު ކަންތަކާއި މެދު ދެރަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    މުޒާހަރާއެއް ނުކުރޭތަ ؟