ވާޝިޔާ މުހައްމަދު (ޝިޔާ) ފިލްމީ ދާއިރާ އަށް ތައާރަފްވީ ބައިސްކޯފްގެ ސީރީޒް "ތިން ބިބީ" އިންނެވެ. އެއަށް ފަހު އިތުރު ފިލްމުތަކުން ޝިޔާ ފެނިގެން ގޮސްފައިވެއެވެ. މިހާރު ޝިޔާ އަކީ ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ހުނަރުވެރި އެކަކެވެ.

ބައިސްކޯފުން ގެނެސްދޭ 'ތުންތުން މަތިން' ގައި ވާހަކަ ދައްކަމުން ޝިޔާ ބުނީ އޭނާ ދެކޭގޮތުގައި ތިން ބިބީ ސީރީޒްގައި އެންމެ މޮޅު އެކްޓިންގްއެއް ދެއްކި މީހަކީ ހުދު އޭނާއެވެ. ޝިޔާއަށް އަމިއްލައަށް އެންމެ މޮޅު އެކްޓިންގްއެއް ދެއްކުން މީހެއްކަމަށް ގަބޫލުކުރެވުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެކަމާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަމުން ޝިޔާ ވަނީ އެ ސަބަބުތައް ކިޔައިދީފައެވެ.

"އަހަންނަށް އިނގޭ އަހަރެންގެ ލެވެލްއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވުންކަން. އެއީ އެންމެ ފުރަތަމަ މަސައްކަތް ވީމަ ބޭނުންވީ ޝިޔާއަށް ވާނެކަން ދައްކަން. އެހެންވީމަ، އަހަރެންގެ ލެވެލްއިން އެންމެ ރަނގަޅު އެކްޓިންގްއެއް ދެއްކުނީމަ ގަބޫލުކުރަން ސީރީޒްގަ އެންމެ މޮޅު އެކްޓިންގް ދެއްކުނީ ޝިޔާއަށް ކަމަށް"

ޝިޔާ ބުނީ ސީރީޒްގެ ދެން ތިބި މީހުން މޮޅު އެކްޓިންގްއެއް ދައްކަން މަސައްކަތް ކުރި ވަރު ބުނެދޭން ޝިޔާއަށް ނޭނގޭ ކަމަށެވެ. ޝިޔާ މަސައްކަތް ކުރަމުންދިޔައީ އަމިއްލައަށް އެންމެ ރަނގަޅަށް ލިބިފައިވާ ހުނަރު ދައްކާލަންކަން އޭނާ ފާހަގަ ކުރިއެވެ.

މިހާތަނަށް ޝިޔާ ފެނިގެން ގޮސްފައިވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ވެބް ސީރީޒް 'އެހެނަސް'، 'ފީހާލި'، 'ގަމިނި'، އަދި 'ތިން ބިބީ' އިންނެވެ. މީގެ އިތުރުން ވެސް އެހެން މަސައްކަތްތައް ޝިޔާ ކޮށްފައިވާއިރު، 'ހެހެސް' އިން ވެސް ބެލުންތެރިންނަށް ޝިޔާ ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިދަ ދަނޑި

    އެކްޓްރެސްއޭ…. ލޮލް

  2. ތުންބިބީ

    މަމޮޅޭ….

  3. ޏަވިޔަނި

    މަހީ ކުރީ ހޮލީވުޑް ތަރިޔެއް ކަ މަށް

    5
    3