އިންޑިއާގައި ކުރިއަށްދާ ކައިވެނި ތަކަކީ އާއްމުކޮށް ޑްރާމާގެ ކަންކަން ވަރަށް ގިނައިން ހިންގާ ހަފްލާތަކެވެ. މިފަދަ ހަފްލާތަކަށް ދާ ގިނަބަޔަކު ވާ ކަންކަމުގެ ވާހަކަ މީސް މީޑިއާގެ ސަމާލުކަމަށް ގެނައެވެ. ބައެއް މީހުން ބުނާގޮތުގައި، މިފަދަ ކަންކަމަކީ މިއީ ބޮލީވުޑްގެ ޑްރާމާތައް ކަމަށް ވެސް ބުނާ މީހުން މަދެއް ނޫނެވެ.

މިއީވެސް އެފަދަ ހާދިސާ އެކެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއަކުން ފެންނަނީ އަންހެނަކު ކައިވެންޏެއް ކުރިއަށްގެންދާ ހަފްލާއެއްގެ ބޭރުގައި މަޑުކޮށްގެން އޭނާގެ ލޯބިވެރިޔާއަށް ގޮވާ މަންޒަރެވެ. އެއީ އޭނާގެ ލޯބިވެރިޔާ އެތަނުގައި އެހެން މީހަކާއި ކައިވެނި ކުރަމުންދިޔަ ވަގުތެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ހޮޝަންގްއާބާދުގައެެވެ. ވީޑިއޯއިން ފެނިގެން ދަނީ ކަންޕޫރްއަށް ނިސްބަތްވާ ޒުވާން އަންހެން މީހާ އެ ހަފްލާއަށް ނުވައްދަން މަަސައްކަތް ކުރަމުންދާ މަންޒަރެވެ. އަދި އޭނާ އެތަނުގައި ހުރެގެން ފިރިހެން މީހާއަށް ގޮވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

ޒީނިއުސްގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ބުނެފައިވަނީ އޭނާ އާ މި ފިރިހެން މީހާ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި އުޅުނީ އެކުގައި އެއް ގެއެއްގައި ކަމަށާއި ދެ މީހުން ވެސް މަސައްކަތް ކުރަމުން ގޮސްފައި ވަނީ ބޯޕަލްގެ ޕްރައިވެޓް ފާމެއްގައެވެ.

އެހެން ނަމަވެސް އެތައް ރުއިމެއް ރޮއެފައި، އެ ފިރިހެން މީހާއާ ބައްދަލު ކުރަން އޭނާ ބޭނުންވުމުން ވެސް، އެކަން ނުކުރެވި ފުލުހުން ވަނީ އޭނާ އެތަނުން ދުރަށް ޖައްސާފައެެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެ އަންހެން މީހާ އެ ވެނިއުއަށް އެތައް ފަހަރަކު ވަންނަން މަސައްކަތް ކުރަމުންދާ ތަނެވެ.

އެހެން ނަމަވެސް އޭނާ އެތަނުން ދާން ޖެހުނީ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ނުކޮށެވެ. އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު ވަނީ އެ އަންހެން މީހާގެ ހާލާއި މެދު ހިތާމަ ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާލަމް

    ޓިކްޓޮކް ގަ އިން ވީޑިއޯއެއްމީ.......... މީ ދެން ހަބަރެއްތަ؟