މަޝްހޫރު އެތައް ލަވައެއް ނެރެފައިވާ ޓީ-ސީރީޒް ކުންފުނީގެ ވެރިޔާ ބުޝަންް ކުމާރް އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް މުމްބާާއި ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވާކަަން އިންޑިއާގެ މީޑިއާތަކުން ބުނެފައިވާއިރު، އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ ވަޒީފާ ދޭނެ ކަމަށް ބުނެ ކަމަށް ބުނެފައި ެވއެވެ.

އޭނާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން އެކަން ހިނގި ތަނަކާއި،އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ދީފައި ނުވާ ކަމަށް ވެއެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އޭނާ ރޭޕްކޮށްފައި ވަނީ އަމިއްލަ ކުންފުނިން ވަޒީފާ ދޭނެ ކަމަށް ބުނެ ކަމަށެވެ.

އެ އަންހެން މިހާ ބުނީ، ބުޝަން އޭނާއަށް އޮޅުވާލީ ކަަމަށާއި، އެެހެންވެ އޭނާ މައްސަލަ ފުލުހަށް ހުށަހެޅީ ކަމަށެވެ.

މީގެ ކުރިންވެސް އިންޑިއާގެ ފިލްމީ ދާއިރާގެ އެކި ކުންފުނިތަކުގެ ވެރިންނާއި ދެކޮޅަށް މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާގެ އެކި މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު