ސައުދީ އަރަބިއްޔާގެ ފިހާރަތަކާއި ވިޔަފާރި ކުރާ ތަންތަން ނަމާދު ވަގުތަށް ބަންދު ކުރުން މަޖުބޫރު ކޮށްފައި އޮންނަ އުސޫލުން އުވާލައި، އިއްޔެ އިން ފެށިގެން ނަމާދު ވަގުތު ވެސް ވިޔަފާރިތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފިއެވެ.

މިހާތަނަށް ސައުދީ އަރަބިއްޔާ އަކީ ފަސް ވަގުތު ނަމާދު ވަގުތަށް ފިހާރަތައް ބަންދު ކުރުން މަޖުބޫރު ކޮށްފައި އޮންނަ ގައުމެކެވެ. ފިހާރަތައް ނަމާދު ވަގުތަށް ބަންދު ކުރޭތޯ ބަލަން ފުލުހުން މަސައްކަތް ވެސް ކުރެއެވެ. ކޮންމެ ނަމާދު ގަޑިއަކަށް ސައުދީ އަރަބިއްޔާގެ ފިހާރަތައް 30 މިނެޓަށް އައީ ބަންދު ކުރަމުންނެވެ.

ފިހާރަތައް ނަމާދު ވަގުތަށް ބަންދު ކުރުމުގެ އުސޫލު ބަދަލުކޮށް ނަމާދު ވަގުތުގައި ވެސް ފިހާރަތައް ބަންދު ނުކުރަން ނިންމާފައި ވަނީ ސައުދީ އަރަބިއްޔާގެ ކައުންސިލް އޮފް ސައުދީ ޗެމްބާސް އިންނެވެ.

މިނިންމުން ނިންމި ސަބަބަކީ ނަމާދު ވަގުތަށް ފިހާރަތައް ބަންދު ކުރުމުން ފިހާރަތައް ކައިރީ ކިއުތައް ދިގުވާތީ ކަމަށް ސައުދީ ޗެމްބާސް އިން ބުނެއެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނަމާދު ވަގުތުގައި ވެސް ފިހާރަތައް ހުޅުވާފައި ބަހައްޓަން ޗެމްބާސް އިން ބުނެފައި ވެއެވެ.

ނަމާދު ވަގުތަށް ފިހާރަތައް ބަންދު ނުކުރަން ނިންމި ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް މިކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން އެއްވެސް އެއްޗެއް ނުބުނާކަމަށް "ރޮއިޓާސް" އިން ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހްދު ކަމަށް މުހައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން ސައުދީ އަރަބިއްޔާ އަށް "މޮޑަރޭޓް" އުސޫލުތައް އަންނަނީ ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑު

    ސަޢުދީއެއްވާ މިހާރަކު ނެތް!

    12
  2. ބުރުގާ

    ރާއްޖެވެސް މިއުޅެނީ ތި މޮޑަރޭޓަކާ ހަމައައް ރަގަޅައް ނުދެވިގެން. ރާއްޖެއަކީ ސައޫދީ އަރަބިއްޔާއައް ވުރެވެސް އިސްލާމީ ގައުމެއް.

  3. ާަެެައބދ

    ހައްގުނޫން ވެރިކަމެއް ފޭރިގަނެގެން އުޅޭ މޮޔާ މބސ އަވަސް ހިތި ގޮތަކައް މީނާގެ ނިމުން ﷲ ސުބުހާނަހޫ ވަތައާލާ ގެއްނަވައިފާދޭވެ.

  4. ޙަލީ

    ތީމޮޑަރޭޓް ކުރުމެއްނޫން ، ތުރުކީ ހަލާކުވިގޮތަށް ސައުދީ ހަކާކުރަން އުޅޭ ސޮރެއް ތިމިހައްމަދަކީ

    1
    1
  5. ކަނބުލޮ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.........