ވިހައިގެން ހަފްތާއެއް ވި ފިރިހެން ކުއްޖެއްގެ އުރަމަތިން ކިރު އުފެދޭތީ އެކުއްޖާގެ މަންމަ ހައިރާން ވެއްޖެއެވެ.

އެމެރިކާގެ އިންޑިއާނާއަށް އުފަން ވަނެސާ މޯރާން އޭނާގެ ތުއްތު ފިރިހެން ކުއްޖާ ވިހާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެ ކުއްޖާ ވިހައިގެން އިރުކޮޅެއް ނުވަނީސް އޭނާ އަށް ވަނީ އެ ކުއްޖާގެ ގައިން ތަފާތު ކަމެއް ފާހަގަ ކުރެވިފައެވެ. އެއީ މޭމަތި މާ ބޮޑަށް ބޮޑުވެފައިވުމެވެ.

އެކަން އެގޮތަށް ހިނގާފައިވާތީ ދަރިފުޅު ޑޮކްޓަރަށް ދައްކާފައިވެއެވެ. އެއީ އެކަމަކީ އެއީ ސީރިއަސް މައްސަލައެއް ކަމަށް ވެދާނެތީއެވެ.

ޑޮކްޓަރަށް ދެއްކި ދެއްކުމުން ކުއްޖާއަށް "ނިއޯނޭޓަލް ގަލަކްޓޯރިއާ" ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ ކަން ވަނީ އެނގިފައެވެ. އެ ބައްޔަކީ އެއީ ވިހެއުމުގެ ތެރޭގައި މައިމީހާގެ ފަރާތުން ކުއްޖާއަށް މަދު ފަހަރަކު ޖެހޭ ބައްޔެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި މި ބަލި ފިރިހެން ކުދިންނަށާއި އަންހެން ކުދިންނަށް ވެސް ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

މި ބަލި ޖެހެނީ ވިހާ ކުދިންގެ ތެރެއިން ފަހެއް ނުވަތަ ހަ އިންސައްތަ ކުދިންނަށެވެ.

ވަނެސާ ބުނީ، އެކަން އެގޮތަށް ދިމާވި ނަމަވެސް، ހަވަނަ ހަފްތާގެ ތެރޭގައި އެބަލިން އެއްކޮށް ސަލާމާތްވި ކަމަށާއި މިހާރު އޭނާގެ ދަރިފުޅަކީ އެހެން ކުދިންނާ ވަކި ތަފާތެއް ނެތް ކުއްޖެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު