ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ނެހާ ދޫޕިއާ އާއި އަންގަދް ބޭޑީއަށް ދެ ވަނަ ދަރިފުޅެއް ލިބެން އުޅޭ ކަން އިއުލާންކޮށްފިއެވެ.

ނޭހާ މިކަން އިއުލާންކޮށްފައި ވަނީ ނޭހާ އާއި އޭނާގެ ފިރިމީހާ އިންސްޓަގްރަމްގައި އާންމު ކުރި ފޮޓޯއެއްގައެވެ. މި ފޮޓޯ ގައި ދެމަފިރިންނާއި އެމީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު މެހެރް ފެނިގެންދަނީ ކަޅު ކުލައިގެ ހެދުމުގައެވެ. ނެހާ އޭނާގެ ބަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު އަންގަދް ހުރީ އެއް އަތުން ދަރިފުޅު އުރާލައިގެން އަދި އަނެއް އަތުން ނެހާގެ ބަނޑުގައި އަތް ޖައްސާލައިގެންނެވެ.

ނެހާ ދޫޕިއާ އާއި އަންގަދް ބޭޑީ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

އެ ދެ މީހުންނަށް އަލަތު ދަރިފުޅު މެހްރް ލިބުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ނޭހާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސިންގް އިޒް ކިންގް"، "ހެއި ބޭބީ"، "ޗުޕް، ޗުޕްކޭ"، "ޑޭ ޑަނާ ޑަން" ނެހާގެ ކުރިޔަށް ދެން އަންނަން އޮތް މަސައްކަތަކީ ވިދްޔުތް ޖަމްވާލްއާއެކު ފެނިގެންދާ "ސަނަކް"އެވެ.

އަންގަދް ބޭޑީގެ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު އޭނާ ފެނިގެން ގޮސްފައިވަނީ ޖާންވީ ކަޕޫރު އާއެކު ބަޔޯޕިކް "ގުންޖަން ސަކްސޭނާ" އިންނެވެ. އޭގެއިތުރުން "ޒޫމާ"، "ދަ ޒޯއީ ފެކްޓަ" ފަދަ ފިލްމުތަކުން ފެނިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިހާ

    ދެޓް އިޒް ހާރ ޗޮއިސް