ބްރިޖް މައްޗަށް ކުޑަ މަތިންދާބޯޓެއް ޖައްސައިފި

ނިއު ޖާޒީގެ ބްރިޖް މައްޗަށް އުމުރުން 18 އަހަރުގެ ޒުވާން ޕައިލެޓަކު ދުއްވަމުންދިޔަ ކުޑަ މަތިންދާ ބޯޓެއް އެމާޖެންސީގައި ޖައްސައިފިއެެވެ. މި ބޯޓު ބްރިޖް މައްޗަށް ޖެއްސި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ލަންޑަން ލޫކަސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ބޯޓުގެ އިންޖީނަށް މައްސަލަތަކެއް ދިމާވީ މިއަދު މެންދުރު 12:30 ހާއިރުއެވެ. އެއިރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ، އެޓްލާންޓިކް ސިޓީގެ ސްޓީލް ޕިއެރް ކައިރިންނެވެ.

މިއާއެކު އޭނާ ދެން މަސައްކަތް ކުރީ އޯސަން ސިޓީގެ މުނިސިޕަލް އެއާޕޯޓަށް ޖައްސަން ދެވޭތޯއެވެ. އެހެން ނަމަވެސް އޭނާއަށް ވަނީ ވެސްޓްބައުންޑް ލޭންސްގައި ބޯޓު ޖެއްސޭނެ ވަރުގެ ޖާގައެއް ހުރިތަން ފެނިފައެވެ. އަދި އޭނާ ވަނީ އެތަނަށް ބޯޓު ޖައްސާފައެވެ.

ލޫކަސް ނަމަކަށް ކިޔާ އެ ޒުވާނާ އެ ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އެ ބްރިޖް މައްޗަށް ބޯޓު ޖެއްސިއެވެ. މަންޒަރު ދުށް މީހުން ބުނެފައިވާގޮތުގައި، އެ ހާދިސާގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި އެތަނުގައި އެއްވެސް ކަހަލަ ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

މިކަން މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު