އަނބިމީހާ ނުވަތަ ފިރިމީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭކަމަށް ޝައްކުވި ނަމަވެސް ޔަގީންކަމާއި އެކު ގޮތެއް ނިންމުން އެއީ އުނދަގޫ ކަމެކެވެ. ފުރިހަމަ ހެކި ހޯދާ، ތަޙްޤީޤުގައި ކުރިއެރުންތައް ހޯދަން ހިނގަންޖެހޭ މަގު ގިނަ ފަހަރު ވަރަށް ދިގުވެއެވެ. އެހެންކަމުން ބައެއް މީހުން އޭމީހުންގެ ހަޔާތުގެ ބައިވެރިޔާ އަށް ފާރަލުމަށް ޕްރައިވެޓް އިންވެސްޓިގޭޓަރުން ހޯދައެވެ.

މިއީ އެފަދަ އިންވެސްޓިގޭޓަރެއް ކަމަށްވާ ޓޮމް މާޓިން ލިޔުއްވާފައިވާ ލިޔުއްވުމުގައި ހިމެނޭ ބައެއް ބައިތަކެވެ. ޓޮމް މާޓިން ވަނީ ތަޙްްޤީޤީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އޭނާ އަކީ މާޓިން އިންވެސްޓިގޭޓިވް ސާވިސްގެ ރައީސް އެވެ. އޭނާ ލިޔުއްވާފައިވާ "ސީން ލައިފް ތްރޫ ޕްރައިވެޓް އައިސް" އަކީ ވަރަށް ހައްސަ ފޮތެކެވެ.

އެފޮތުގައި ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވާ މީހުންގެ ކިބައިން އާންމުކޮށް ފެންނަ ސިފަތައް ނުވަތަ ކަންތައްތައް ކިޔައިދީފައި ވެއެވެ. ތިރީގައި އެވަނީ އެކަންތައްތަކެވެ.

އާދަތައް ބަދަލުވުން
އަވަހަށް ގެއިން ނިކުމެފައި ލަހުން އެނބުރި ގެއަށް އައުން
އޮފީސް ދަތުރެއް ނުވަތަ ވިޔަފާރީގެ ދަތުރެއްގައި ގިނަގިނައިން ރަށުން ބޭރަށް ދިއުން
ޗުއްޓީ ނުލިބުމާއި، އާއިލާގެ މުހިންމު ބައްދަލުވުންތަކަށް ހާޒިރުނުވުން
މާގިނައިން އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނުން
މީސް މީޑިއާގައި ސިއްރު އެކައުންޓްތައް ގެންގުޅުން
ކްރެޑިޓް ކާޑުގެ މައުލޫމާތު ސިއްރު ކުރުން
މާގިނައިން އަންނައުނު ގަތުން
އެހެން މީހެއްގެ ސެންޓް ވަސް ދުވުން، ގައިން ލިޕްސްޓިކްގެ އަސަރު ފެނުން
ޖިމަށް ދާން ފެށުން
ނޭނގޭ ނަމްބަރަކުން މިސްކޯލްތައް އައުން
މެސެޖެއް ކިޔައިގެން އެއިން އެއްޗެއް ދޭހަނުވާ މެސެޖް (ކޯޑެޑް މެސެޖް) ފޯނުން ފެނުން
އަވަހަށް ރުޅި އައުން
ދެމަފިރިންގެ ގުޅުން ހިންގާ ވަރު މަދުވުން
ފެންނަން ހުންނަ ކަންކަމުގައި ދޮގު ހެދުން
ކުއްލިއަކަށް ގެއަށް އައުން

މިއީ އާންމުކޮށް ބައިވެރިޔާ އަށް ބޭވަފާތެރިވާ ހުރިހާ އެންމެންގެ ކިބައިން ފެންނަ ސިފަތައް ކަމަށް ވީނަމަވެސް މީގެ ތެރެއިން ބައެއް ސިފަތައް ފެންނަ ކޮންމެ މީހަކީ އެހެން މީހަކާއި ސިއްރު ގުޅުމެއް ހިންގާ މީހަކަށް ނުވެދާނެއެވެ. އެހެންކަމުން ގޮތެއް ނިންމުމުގެ ކުރިން ވިސްނާށެވެ. ޝައްކު ޔަގީން ކުރާށެވެ