މަޝްހޫރު މީހުންނަކީ އެހެން މީހުން ނަމޫނާއަކަށް ބަލައި މީހުންނެވެ. މިފަދަ ފަންނާނުންގެ ފަރާތުން ބައެއް މީހުން ރަނގަޅު ކަންތައް ކުރަން ފަށާއިރު އަނެއް ބަޔަކު ފެޝަންތައް ނަކަލު ކުރެއެވެ.
ނަމަވެސް މި ފަންނާނުންގެ ވެސް ހުންނަ ބައެއް ސިފަތަކަކީ އެއްވެސް މީހަކު ނަކަލު ކުރުމަށް ޚުދު އެ ފަންނާނުން ވެސް ބޭނުން ނުވާ ސިފަތަކެކެވެ.
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރަކީ ނިޔަފަތި ކެއުމުގައި ފާހަގަ ކޮށްލެވޭ މީހެކެވެ. އަދި އޭނާގެ ފަރާތުން އެހެން މީހަކު މިކަން ކުރުމަށް އޭނާ ނޭދޭ ނުރަނގަޅު ސިފައެއް ކަމަށް ދެކޭ ސިފައެކެވެ.
ޖޯން އަބްރަހަމް
ބޮލީވުޑުގެ ''ހަލްކް'' ޖޯންއަކީ އިށީނދެ އިންނައިރު ފައި ތަޅުވާ މީހެކެވެ. މި ސިފައަކީ އޭނާއަށް ކަމުދާ ސިފައެއް ނޫނެވެ.
ވިދްޔާ ބާލަން
ވިދްޔާއަކީ ފޯނާއި ދުރުގައި އުޅޭ ފަންނާނެކެވެ. މިކަމުގެ ސަބަބުން މުހިންމު އެތައް އިވެންޓްތަކެއް އޭނާ އަތުން ބީވެފައިވާ ކަމަށް ވިދްޔާ ބުނެފައިވެއެވެ.
އަމީތާބު ބައްޗަން
އަމީތާބުގެ ދަރިފުޅު އަބީޝެކް ނުވަތަ ދަނބިދަރި އައިޝްވާރިޔާ ގައުމުން ބޭރަށް ދަތުރުކޮށްފި ނަމަ އަމީތާބު އަބަދުވެސް އުޅެނީ ދެ ގަޑި އަޅައިގެންނެވެ.
ސުޝްމިތާ ސެން
ތެރަސްމަތީގައި ފެންވެރުމަކީ ސުޝްމިތާ ހުއްޓާލަން ބޭނުންވި ނަމަވެސް ނުހުއްޓިފައި އޮތް ކަމެކެވެ.
ޝާހުރުކް ޚާނާއި ރާނީ މުކަރުޖީ
މި ދެފަންނާނުންގެ ނުރަނގަޅު ސިފައެއް ކަމަށް ޚުދު މި ފަންނާނުން ވެސް ގަބޫލު ކުރާ ސިފައަކީ ސިނގިރޭޓް ބުއިމެވެ.
ޖީތެންދުރަ
ޖީތެންދުރަގެ އެންމެ އާދަޔާ ޚިލާފު ސިފައަކީ ފާހާނާ ތަށިމަތީގައި އިނދެގެން ފަޅޯ ކެއުމެވެ.
މީގެއިތުރުން އެހެން ފަންނާނުންގެ ވެސް މިފަދަ އާދަޔާ ޚިލާފު ސިފަތައް ހުރެއެވެ.
މިވެސް ހަބަރެއްތަ؟