ދުވަހަކުވެސް ކައިވެނި ނުކުރާ ކަމަށް ބުނާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އަންބަކާއި ދަރިއެއް ހުންނަ ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވިތާ އަހަރެއްހާ ދުވަސް ފަހުން އެއަށް ޖަވާބު ދީފައެވެ.

އޭނާގެ ދަރިއެއް ހުންނަ ކަމަށް ބުނެފައި ވަނީ ދުބާއީގައެވެ.

އަރްބާޒް ޚާންގެ ޓޯކް ޝޯވގެ ތެރެއިން ދެއްކި އެކި ވާހަަކަތަކުގެ ތެރޭގައި ސަލްމާންގެ އަންބަކާއި ދަރިއަކު ހުންނަ ކަމަށް ބުނާ ވާހަކަތަކެއް މީސް މިޑިއާގައި ދެކެވުނު ވާހަކަ ދެއްކިއެވެ.

އެގޮތުން މީހަކު މިދިޔަ އަހަރު ކުރި ޕޯސްޓެއްގައި ވަނި ސަލްމާންގެ ސިއްރު އާއިލާއެއް ދުބާއީގައި ދިރިއުޅެމުންދާ ކަމަށެވެ. އެ އާއިލާގައި ހިމެނެނީ އަންބަކާއި، 17 އަހަރުގެ އަންހެން ދަރިފުޅު ކަމަށް ބުނެފައި ވެއެވެ.

"ކޮންތާކު ފިލާ ތިއޮއީ، އިންޑިއާގެ އެންމެންނަށްވެސް އެނގޭ ސަލްމަން ތިހުރީ ދުބާއީގައި ކަން، އަދި ތިހުރީ އަނބިމީހާއާއި 17 އަހަރުގެ ދަރިފުޅު ކައިރީގައިކަން، ކިހާ ދުވަހެއް ވަންދެން އަހަރުމެންނަށް އޮޅުވާލާނަން". ދުވަހަކުވެސް ކައިވެންޏެއް ނުކުރާ ސަލްމާން އާ ގުޅޭގޮތުން ކުރި ކޮމެންޓެއްގައި ވެއެވެ.

ސަލްމާން ވަނީ އެ ޝޯގެ ތެރެއިން އެއީ ދޮގު ވާހަަކަތަކެއްކަން ހާމަކޮށްފައެވެ.

"އަހަރެންގެ އަންބަކު ނުހުރޭ، އަހަރެން އުޅެނީ އިންޑިއާގައިި ގެލެކްސީ އެޕާޓެމެންޓްގައި އުމުރުން ނުވަ އަހަރުން ފެށިގެން، އަހަރެން މި މީހާގެ އެއްޗަކަށް ޖަވާބެއް ނުދޭނަން، އިންޑިއާގެ ހުރިހާ މީހުންނަށް އެނގޭ އަހަރެން އުޅޭ ތަން". ސަލްމާން ބުންޏެވެ.

އުމުރުން 54 އަހަރުގެ ސަލްމަން މީގެ ކުރިންް އެތައް ބަޔަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގައިވިޔަސް، އަދި ކައިވެންޏެއް ކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.