ދިވެހި ފިލްމު އިންޑަސްޓްރީގެ ޔާރާ އާއިލާ އަށް އުފަން ބަތަލާ މަރިޔަމް އައްޒަ އާއި ފިލްމީތަރި އަބްދުﷲ މުއާ އަކީ ދިވެހި ފިލްމީ ސިނަމާ އިން އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޖޯޑެވެ. މި ދެތަރިންގެ ލޯތްބަކީ ތަފާތު ޕޯސްޓްތަކާއި ފޮޓޯތަކުން އަދި ހަދިޔާތަކުން އާއްމުންނަށް ވެސް ދައްކުވައިދޭ ނަމޫނާ ލޮތްބެކެވެ.

އެ ދެތަރިންގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އެ ތަރިންގެ ލޯތްބަށްް ކުޑަވެސް ބަދަލެއް ނާދެއެވެ. އަބަދުވެސް އެކަކު އަނެކަކު އުފާކޮށްދިނުމަށް އެ ދެމަފިރިންވެސް ވަރަށް ޚާއްސަ އިސްކަމެއްދެއެވެ.

އައްޒަ އާއި މުއާ އަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިންކަން މީސްމީޑީއާގައި އެ ދެމީހުން ކުރާ ޕޯސްޓްތަކުން އެނގެއެވެ. ރީތި ފޮޓޯތަކާއި އެކު ދެމަފިރިންނަށް ލޯބިން ފުރިގެންވާ މެސެޖުތަކުން އެކަކު އަނެކަކަށް ކުރާ ތައުރީފް ވަރަށް ރަނގަޅަށް ފެނެއެވެ. އަދި އުފަން ދުވަހާއި ކައިވެނީގެ އަހަރު ފުރޭ ދުވަސް ފަދަ ދުވަސް ދުވަހު ޚާއްސަ ކަންކަން ބޭއްވުމާއި ސަރޕްރައިޒް ދިނުމަކީ އެ ތަރިންގެ އާދައެކެވެ.

އެހެން ފަހަރު ފަހަރު އެ ލޯބި ބަންޑުންކޮށްލަނީ ސާދާ ޕޯސްޓަކުންނެވެ. އައްޒަގެ ހިތުގައި މުއާ އަށް އޮތް ލޯބި މިފަހަރު ބަންޑޫން ކޮށްލީ އިންސްޓަގްރާމްގައެވެ. އައްޒަ ވަނީ މުއާ އޭނާ ދެކެ ވާ ލޯބި ފެނި ހައިރާންވާ ކަމަށް ބުނެފައެވެ. އަދި އަޖައިބެއް ފަދަ ހަޔާތް އެކުގައި ހޭދަކުރުމަށްޓަކައި މުއާ އަށް ވުރެ ރަގަޅު ބައިވެރިއަކު ލިބިދާނެހެން ހީނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އައްޒަ ވަނީ މުއާ އެއީ އޭނާ އަބަދުވެސް ލޯބިވާނެ މީހެއް ކަމަށް ބުނެފައެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

އައްޒަ އާއި މުއާ ކައިވެނި ކުރީ 2020 ވަނަ އަހަރު ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޟަޒް

    ހަނދުވެސް ވެދުން ކުރާނެ.

  2. މަޒްނާ

    ޜަގަޅު ބައިވެރި އަކު ހޯދަން އުޅެގެން ތާ ލިބޭނީވެސް. ތަނަކުން މީހަކު ފެންނަ އިރަށް ކައިވެެނިނުކޮށް.

  3. މަންމީ

    މިދެތަރީންނަށް އިސްލާމްދީންގެ މަގުގައި ސާބިތުވެ ތިބުމުގެ ހެޔޮތައުފީޤު ދެއްވާދޭނެވެ.އުފަލާހިތްހަމަޖެހުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެގެންލިބޭ އުފާ. މިއީ ވަގުތީ އުފާ

  4. އަހަރެން

    ތިހެން އެންމެ ދެއްކޭ މީހުން އެއީ ދިރި އުޅުމުގަ އެންމެ މައްސަލަ ގިނަމީހުން. މިހާރު ތިޔަ އުޅެނީ އެސޮރު މަތީން ފޫހިވެގެން. ބަލަން މިތިބެނީ ދެން ކުޅޭ ކުޅި.

    10
    3
  5. ޙަސަނު

    މުއާ ޝާޔަން އާއި އެކު އުޅުނު އިރުވެސް ޝާޔަން ވެސް ތިހެންބުނި ، އަހަރުމެން މިތިބެނީ ބަލަން
    ތިޔަ ލޯބި ބޮޑު އަދި ގިނަވެގެންގޮސް ފަޅާގެން ދާތަން .

  6. Anonymous

    އައްޒަގެ އިނތިޒާރުގަ ތާއަބަދު.

  7. ޢައި

    ކޮމެންޓް ނުޖަހަ ފޮނުވިއަސް