މިހާރު ފާހަގަކުރަމުންދާ އަޟްހާ އީދުގެ ތަހުނިޔާ އާއިލާ ތެރޭގައި ކިޔުމަކީ އާއްމު ކަމެކެވެ. މިފަދަ ކަންކަން ކުރުމަށް ގާތްތިމާގެ މީހުންގެ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރެއެވެ. އަދި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއެެވެ. އަދި މިފަދަ ދަތުރުތަކަކީ އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި، ގާތް ތިމާގެ މީހުންނާއެކު އުފާވެރި އެތައް ވަގުތެއް ހޭދަކުރާނެ ވަގުތެެކެވެ. ކުޅުމާއި ސަކަރާތުގައިވެސް ވަގުތު ހޭދަކުރާނެއެވެ.

މިއީވެސް މި އަޟްހާ އީދު ދުވަހު އާއިލާ ކައިރިއަށް ދަތުރު ފެށި ބައެކެވެ. ސައުދި އަރަބިއްޔާގެ ރިޔާދުގައި ހުންނަ ގާތްތިމާގެ ބައެއް ކައިރިއަށް އެއް އާއިލާއެެއްގެ އަށް މީހަކު ދަތުރު ފެށީ އީދު ތަހުނިޔާ އާއި ވަގުތު ހޭދަ ކުރުމަށެވެ.

އެހެން ނަމަވެސް އެ މީހުންނަށް އެގެއާ ހަމައަށް ނުދެވުނެވެ. އެ މީހުންގެ މަރުގެ ވަގުތު ޖެހުނީއެވެ. އެ އެންމެން މަރުވީ ރިޔާދްގައި ދެ ވެހިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައެވެ.

ޚަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އެކްސިޑެންޓް ހިނގި އެ ވެހިކަލްގައި ތިބީ އަށް މީހެކެވެ. އެ މީހުންނަކީ ގާތްތިމާގެ ބަޔަކަށް އީދު ތަހުނިޔާ ކިޔުމަށް ދަތުރު ފެށި ބައެކެވެ. އެހެން ނަމަވެސް އެ އެކްސިޑެންޓްގައި އެންމެންވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

މީގެ އިތުރުން، އެ ވެހިކަލްގައި ޖެހުނު އަނެއް ވެހިކަލް ދުއްވަން އިން މީހާވެސް ވަނީ އެ އެކްސިޑެންޓްގައި މަރުވެފައެވެ.

މިހާރު ސައުދީގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު