ބޯން ޖެހޭ ވަރަށްވުރެ ގިން ކޮފީ ބޯނަމަ ސިކުނޑި ކުޑަވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ހަދާފައިވާ އެދިރާސާގައި ބުނެފައިވަނީ ކޮފީއަކީ ދުނިޔޭގެ ގިނަ މީހުންގެ ތެރޭގައި މަގުބޫލު އެއްޗެއް ކަމަށާއި ގިނަ ބަޔަކު ކޮފީ ބޮނީ ކޮންމެ ވެސް ކަހަލަ ބައްޔަކުން ރައްކާތެރިވާން ކަމަށެވެ. އޭގެ ތެރޭގައި "ޕާކިންސަން" އަދި ކެންސަރު ވެސް ހިމެނެއެވެ.

އެހެން ނަމަވެސް ހެނދުނުގެ ވަގުތު މާ ގިނައިން ކޮފީ ބޯނަމަ، ސިކުނޑީގެ ސައިޒު ކުޑަވެ، ސިކުނޑިއަށް އެކި ކަހަލަ ބަލިތައް ކުރިމަތިވާނެ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މި ދިރާސާ އެފަރާތްތަކުން ހަދާފައިވަނީ އުމުރުން 37 އަހަރާއި 73 އަހަރުގެ 17،700 މީހުންގެ އެހީތެރިކަމާއި އެކުއެވެ.

އެގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހަ ތައްޓަށްވުރެ ގިނައިން ކޮފީ ބޮއި މީހުންނަށް ސިކުނޑީގެ ބަލި ޖެހުމުގެ 53 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އެފަރާތްތަކުން ސިކުނޑީގެ ސައިޒު ވެސް ކުޑަވެފައި ކަމަށް ވަނީ ބުނެފައެވެ.

“މި ދިރާސާއިން ދެއްކި ގޮތުގައި ގިނައިން ކޮފީ ބޯ މީހުންގެ ސިކުނޑީގެ ސައިޒް ކުޑަވޭ. ހާއްސަކޮށް ކޮފީގެ ހަ ތަށި ބޯ ފަރާތްތަކަށް ސިކުނޑީގެ ބަލިތައް ޖެހޭނެ.”މި ދިރާސާ ހެދުމުގައި ބައިވެރިވި މީހަކު ބުންޏެވެ.

މިދިރާސާއަށްފަހު އެފަރާތްތަކުން ވަނީ ޒުވާން އުމުރުގެ ފަރާތްތަކުން ދުވާލަކު 3-4 ތަށި ކޮފީ ބުއިމަށް އިލްތިމާސް ކޮށްފައެވެ. އަދި އެހާވަރަށް ބޯނަމަވެސް ބަލިތަކުން ރައްކާތެރިކަން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    މާދަން ބުނާތި އުމުރު ދިގުވެމޫނުމަތި އުޖާލާވާނީ ގިނައިން ބުއިވަރަކަށޭ

  2. Anonymous

    މީހުން ކޮސް ގޮންވަން އުޅޭ ބައެއް މީ.

  3. ހުސޭނުބޭ

    މަ ދެން ކޮފީ ބޯނީ ބޭކިންޕައުޑަރު އަޅައިގެން! އޭރުން ސިކުނޑި ފުފޭނެ ދޯ!

    • ބޭކިން ޕައުޑަރ

      ކީއްކުރަން ކޮފީއަށް އަޅައިގެން ބޯންވީ؟؟ފެނަށް އަޅައިގެން ބޯލީމަ އޯކޭ ވާނެ..

  4. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ކަމެއް ނެތިފަ އުލޭ ދިވެހިން ދޯ ހެހެ