އެޕަލްގެ އުފެއްދުންތަކާ ވާދައަށް ޓެކް ކުންފުނިތަކުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

އެޕަލް އިން ނެރޭ ކޮންމެ އާ އުފެއްދުމަކާ އެއްވަރަށް ބައެއް ޓެކް ކުންފުނިތަކުން ވެސް އާ އުފެއްދުންތައް ނެރެއެވެ. މިފަހަރު ވަންޕްލަސް އިންވެސް މިވަނީ އެޕަލްއާ ވާދައަށް އެއޯޕޮޑް ޕްރޯގެ ހިމެނޭ ފީޗާސްތައް ހިމަނައިގެން ވަޔާލެސް ހެޑްސެޓެއް ނެރެން ތައްޔާރުވެފައެވެ.

ވަންޕްލަސް އިން ނެރެން ހަމަޖެހިފައިވާ ވަޔާލެސް ހެޑްސެޓަށް ދީފައިވާ ނަމަކީ ވަންޕްލަސް ބަޑްސް ޕްރޯއެވެ. ނޯޑް ދޭއް ސްމާޓް ފޯނާއެކު ލޯންޗް ކޮށްފައިވާ މި ހެޑްސެޓުގައި ހިމެނޭ ބައެއް ފީޗާސްތަކުގެ ތެރޭގައި، ނޮއިޒް ކެންސަލިން، ޕާސަނަލައިޒް އޯޑިޔޯ، އަދި 38 ގަޑިއިރަށް ބެޓަރީ ޗާޖު ހިފަހައްޓާނެއެވެ.

ވަންޕްލްސް ބަޑްސް ޕްރޯ އަކީ ކުރިން ވަންޕްލަސް އިން ނެރެފައިވާ ވަންޕްލަސް ބަޑްސް އަދި ވަންޕްލަސް ބަޑްސް ޒެޑްގެ އަޕްޑޭޓެކެވެ. ބައެއް ކަހަލަ އަޑުތަކަށް މި ހެޑްސެޓްގެ އަޑުތައް ބަދަލުކޮށް ނީވޭ ގޮތް ހެދޭއިރު މީގެ އަގުތަކާއި މެދު އެކި މީހުންގެ ހިޔާލު ތަފާތުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ވަންޕްލަސްގެ ބަޑްސް ވިއްކާނީ އެޕަލް އިން އުފައްދާފައިވާ ނޮއިޒް ކެންސަލިން ހެޑްސެޓް، އެއޯޕޮޑްސް އަށް ވުރެ އަގުހެޔޮކޮށް ކަމަށް ބެލެވެއެވެ. އަދި އެއީ ދެ ކުންފުންޏަށްވެސް ވަރަށް ބޮޑު ޗެލެންޖަކަށްވާނެ ކަމަށް ބެލެވެއެވެ.

އެޕްލް އިން އެ ކުންފުނީގެ އާ އުފެއްދުންތައް ސެޕްޓެމްބަރު ނުވަތަ އޯގަސްޓު މަހު ނެރޭނެއެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހު ޔަގީނުންވެސް އާ އުފެއްދުންތައް ނެރޭއިރު މި އަހަރު އޯގަސްޓު މަހުގައި އެޕްލްގެ ބައެއް އާ އުފެއްދުންތައް ނެރޭނެ ވާހަކަތަކެއްވެސް ވަނީ ދެކެވިފައެވެ. މިފަހަރު އެޕަލް އިން އެއޯޕޮޑްގެ އަޕްޑޭޓެއް ނެރޭނެ ކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭޓަރ🙃

    ވަންޕްލަސް އިޒް ބެޓަރ ދެން އެޕަލް😍😝😎🥳😌