ކޮރޯނާ ވައިރަސްއާއި އެކު މާސްކަކީ މިހާރު ދިރިއުޅުމުގެ އެންމެ މުހިންމު އެެއްޗެހިތަކުގެ ތެރެއިން އެކައްޗެވެ. ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް މާސްކުގެ މުހިންމުކަން ވަރަށް ބޮޑެވެ.

ރައްކާތެރިކަމަށް ބޭނުން ކުރަމުން އައި މާސްކު ކޮވިޑު 19 ޖެހިފައިވޭތޯ ބެލުމަށް ވަރަށް އަވަހަށް ބޭނުން ކުރަން ފެށޭނެއެވެ. ސައިސްވެރިން ވަނީ އެފަދަ މާސްކެއް އުފައްދައިފައެވެ.

މަސަކިއުޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ހާވާޑް ޔުނިވާސިޓީގެ ސައިންޓިސްޓުން ފަރުމާ ކޮށްފައިވާ މާސްކުން 90 މިނިޓް ތެރޭގައި ކޮވިޑް 19 ދެނެގަނެވޭނެއެވެ. އެކި ލޭޔާތަކަށް ހަދާފައިވާ މި މާސްކުގައި ކޮވިޑު ދެނެގަތުމަށް ނައްޓާލާވޭ ފަދަ ސެންސަރެއް ހަރުކޮށްފައި ހުރެއެވެ. މި ''ފުރީޒް-ޑްރައިޑް ސެލިއުލާ'' ގެ ސަބަބުން އެބޯލާއާއި ޒިކާ ވައިރަސް ފަދަ ވައިރަސް ދެނެގަނެވޭނެއެވެ.

މި މާސްކުގައި ހިމެނޭ މޮލިކިއުލްއެއްގެ ސަބަބުން ފެން ޖެހުމުން ކުލަ ބަދަލުކޮށްލާ ވައިރަސް ހުރިކަމަށް ދައްކުވައިދެއެވެ.

ކޮވިޑު 19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ ''ރިސްކު'' ބޮޑު މީހުންނަށް މިފަދަ މާސްކެއް ތައާރަފު ކުރުމަށް ސައިންސްވެރިން ބޭނުންވިއެވެ.

މި މާސްކަކީ ފަސޭހަކަމާއި އެކު އެޅޭފަދަ މާސްކަކަށް ހެދުމަށް މާސްކަށް ވަނީ އިތުރު ބަދަލުތަކެއް ގެނެސްފައެވެ.

މާސްކު ޓެސްޓު ކުރުމަށް ސައިންސްވެރިން ބޭނުން ކޮށްފައިވަނީ ޖެކެޓެކެވެ. މި ޖެކެޓުގައި ފެން ޖެހިފައިވާ ތަންތަނުގައި ވައިރަސް ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވިފައިވެއެވެ.

ވައިރަސްއަށް ޓެސްޓު ކުރަން ބޭނުންވުމުން އެކްޓިވޭޓް ކުރެވޭނެ ފަދަ ގޮތަކަށް މާސްކު ފަރުމާކޮށްފައިވެއެވެ. މި މާސްކު ވެގެންދާނީ އަވަހަށް އަދި ފަސޭހަކަމާއި އެކު ވައިރަސްއަށް ޓެސްޓު ކުރެވޭނެ މާސްކަކަށެވެ.

ކިޔުންތެރިންގެ ހިޔާލު