ބޮލީވުޑުގެ އެކްޓަރު ސައިފު ޢަލީ ޚާނާއި ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ދޮށީ ދަރިފުޅު ތައިމޫރު ޢަލީ ޚާނަކީ މީސް މީޑިއާގެ ސަމާލުކަން ލިބިފައިވާ ކުއްޖެކެވެ.

ސައިފު ޢަލީ ޚާނާއި ތައިމޫރު އެކުގައި ހޭދަކުރާ ވަގުތުތައް ގިނަ އިރު ބެލުންތެރިންނާއި ސަޕޯޓަރުން ބޭނުންވަނީ ސައިފު އާއި ތައިމޫރު އެކުގައި ފިލުމަކުން ފެނުމަށެވެ.

ޗެޓް ޝޯއެއްގައި ސައިފުގެ ސަޕޯޓަރަކު ވަނީ އެ ސުވާލު ސައިފުއާ ކޮށްފައެވެ. ''ބޭބީސް ޑޭ އައުޓް'' ގެ ރީމޭކެއްގައި ސައިފުއާއި ތައިމޫރު އެކުގައި ފެންނަން ބޭނުންވާ ކަމަށާއި ފިލުމަކުން ތައިމޫރުއާއި އެކުގައި ފެނިދާނެތޯ މީހަކު ވަނީ ސުވާލު ކޮށްފައެވެ.

ސަޕޯޓަރުގެ މި ސުވާލަށް ޖަވާބުދެމުން ސައިފު ބުނެފައިވަނީ ތައިމޫރުއާއެކު ފިލުމެއް ކުޅުން ވާނީ ވަރަށް ބޮޑު ކަމަކަށް ކަމަށާއި އެއީ ވަރަށް ވަރުބަލިވާނެ ކަމެއް ކަމަށެވެ.

ކުޑަވަގުތުކޮޅަކަށް ޝޫޓް ކުުރުމަށް ފަހު ދެން އެކަން ނުވާނެ ކަމަށް ބުނެ ތައިމޫރުގެ ޝަކުވާަތައް އަންނާނެ ކަމަށް ވެސް ސައިފު ބުނެފައިވެއެވެ.

ކުޑަކުދިންނާއި އެކު ފިލުމެއްގައި މަސައްކަތް ކުރުންވާނީ ވަރަށް އުނދަގޫ އަދި ބުރަ ކަމަކަށް ކަމަށް ސައިފު ޢަލީ ޚާން ބުނެފައިވެއެވެ. ނަމަވެސް ތައިމޫރުއާއެކު ފިލުމެއްގައި ފެންނާނެ ކަން ނުވަތަ ނޫން ކަމަށް ވެސް ސީދާ ޖަވާބެއް ސައިފު ނުދެއެވެ.

ސައިފު އާއި އޭނާގެ އަންހެނުން ކަރީނާގެ އިތުރުން ދަރިފުޅު ސާރާ ޢަލީ ޚާނަކީ ވެސް އެކްޓިންގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ފަންނާނުންނެވެ. އަދި ސައިފުގެ ދޮށީ ފިރިހެން ދަރިފުޅު އިބުރާހިމް ވެސް މި ދާއިރާއިން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ސާރާ ވަނީ ދީފައެވެ.

އެހެންކަމުން ތައިމޫރު ވެސް މި ދާއިރާއިން ފެނިދާނެ ކަަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު