ފިލްމީ އިންޑަސްޓްރީގައި ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ހިމެނޭ، އެ ދާއިރާއިން އެވާޑުތަކެއް ހާސިލްކޮށްފައިވާ އަބްދުﷲ މުއާޒް (މުއާ) އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ރާއްޖެތެރެއިން މާލެ އާއި އަތޮޅުތެރޭގެ ރަށް ރަށަށް މުއާމެން ކަހަލަ މަޝްހޫރު ފަންނާނަކު ފެނިއްޖެ ނަމަ އެކުގައި ފޮޓޯނަގަން ބޭނުންވާ މީހުން ގިނައެވެ.
އަދި މި ފަންނާނުންނަކީ މީސް މީޑިއާގައި އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާކުރަމުން އަންނަ ފަރާތްތަކެކެވެ.
އެގޮތުން މިއަދު މުއާގެ 23،600 ފޮލޯވަރުން އޮންނަ އިންސްޓަގްރާމް އެކައުންޓުން އަތޮޅުތެރޭގެ ރަށަކަށް ގޮސް ނަގާފައިވާ ފޮޓޯ އަކާއި، ބަޔަކު މީހުން ވެގެން މަސް ފިހުމުގައި އަވަދިނެތި އުޅެނިކޮށް ނަގާފައިވާ ކުރު ވީޑިއޯކޮޅެއް ވަނީ ހިއްސާކޮށްފައެވެ.
މުއާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއާއި ވީޑިއޯގެ ތެރޭގައި ގެއެެއްގެ ދޮރާށިން އެތެރެއަށް މުއާ ވަދެގެން ދަނިކޮށް މާފަށްޗެއް ކަރުގައި އަޅުވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިމެނެއެވެ. އަދި 'ވެލްކަމް ހޯމް' ޖަހާފައިވާ ބެނާއެއް ހަރުކޮށްފައިވާ ފާރެއް ކައިރީގައި ކަރުގައި މާފަށްޗެއް އަޅައިގެން ކުރުނބާއެއް ހިފައިގެން މުއާ ހުއްޓިލައިގެން ހުއްޓާ ނަގާފައިވާ ކުރު ވީޑިއޯއެއް ވެސް ވަނީ ސްޓޯރީގައި ހިއްސާކޮށްފައެވެ.
މުއާ އަކީ ނ. ވެލިދޫއަށް އުފަން ފަންނާނެކެވެ.
އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން އޭނާގެ އަނބިމީހާ ބަތަލާ މަރިޔަމް އައްޒަ ފެންނަން ނެތުމުން މިއީ އައްޒައާއި އެކުގައި ކުރި ދަތުރެއްކަން ޔަގީނެއް ނޫނެވެ.
މިއީ މުއާ އައްޒަ ނުލާ ކުރި ދަތުރަކަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެއީ މީސް މީޑިއާގައި އަބަދުވެސް އެންމެ ހިންގުންތެރި އައްޒަގެ މި ދަތުރުގެ ފޮޓޯއެއް ހިއްސާ ކޮށްފައި ނެތުމުންނެވެ.
މުއާ ދިއައީ ކޮން ރަށަކަށްތޯ އަދި ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވެނީ އޭނާ ދިޔައީ ވެލިދޫއަށް ކަމަށެވެ.
މުއާގެ މި ދަތުރާއި ގުޅިގެން އިތުރު މައުލޫމާތު ހޯދަން ގުޅަން މަސައްކަތް ކުރުމުން އަދި އެކަން ވަނީ ކާމިޔާބު ނުވެފައެވެ.
ސާބަސް..އޭނާއުފަންރަށުގަ އެހެހެހެހހއީ..މޮޔަވެދާނެ.
ތިމުޢާތީ ރާއްޖެތެރެ މީހެއްނޫންތަ. މާމާލެވެގެން ބައދު
ބޭކާޜު ލިޢުމެޢް
ޕެއިޑް ސްޓޯރީސް.
ތިމީ ހުން މާލެއަކު ނުހިނގާނެ. މާރުކުރެވޭނީ ކޮއްމެވެސް ރަށެއްގައި
މުއާ ހުރީ އޭނާގެ އުފަންރަށް ނ.ވެލިދޫގަ. ސާފު ވެއްޖެދޯ މިހާރު ހުރި ރަށް ހުރިހާ ކުދިންނަށްވެސް...
ލިޔާނެ ހަބަރެއް ނެތީތަ!
ލިބިފައިހުރި ތަނަވަސްކަން އިސްތިހާރުކޮށް ބޮޑާވެގަތުމަށް މަސައްކަތް ކުރާބައެއްތީ.
މީނަ ދެކެ ވަރަށް ފޫހި
އެކަމް އަޒީޒާއަށް މީނަ ވަރެއްނެތިގެން ދޯ! ހައްހައްހާ
އަސްލުވެސް މީނަދެކެ ވ ފޫހިވެ