މިިއީ އިންޑިއާގައި މީގެ އަހަރުތަކެއް ކުރިން ދިމާވި ހާދިސާއެކެވެ. މިކަމާއި ގުޅިގެން މައްސަލަތަކެއްވެސް ފެންމަތިވިއެވެ. ޑޮކްޓަރަކު ޒުވާން ދެ ފިރިހެނަކު ބަނޑުގައި ރިއްސާތީ ދިއުމުން މާބަނޑުތޯ ބެލުމަށް ޓެސްޓު ހަދަން އެދުނުއިރު، ޑޮކްޓަރާއި ދެކޮޅަށް މައްސަލަވެސް ހުށަހެޅިއެވެ.

މި ހާދިސާ ދިމާވެފައި ވަނީ 2019 ވަަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

އެގޮތުން އިންޑިއާގެ ޖަރްކްޚާންދްގެ ސަރުކާރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު މި ވަނީ ޗަކްޓްރާ ޑިސްޓްރިކްޓަށް ނިސްބަތްވަ ދެ ޒުވާނަކު ބަނޑުގައި ރިއްސާތީ ދިއުމުން ބަނޑުބޮޑުވެފައި ހުރިތޯ ބެލުމަށް ހަދާ ޕްރެގްނެންސީ ޓެސްޓު ހެދުމަށް އެދިފައެވެ.

އެ ޑޮކްޓަރަށް ކިޔަނީ މުކޭޝް ކުމާރެވެ. އޭނާ ކައިރިއަށް ދައްކަން ދިޔަ ގޯޕަލް ގަންޖިހޫ އާއި ކަމެޝްވާރް ޖަންހޫ ބަނޑުބޮޑުތޯ ބެލުމަށް ޓެސްޓު ހަދަން އޭނާ އެންގިއިރު، އެޗްޕީވީ އާއި ހެމަގްލޮބިން ޓެސްޓު ހަދަންވެސް އެދުނެވެ.

މި މައްސަލާގައި އޭނާ އާ ދެކޮޅަށް މައްސަލަ ހުށަހެޅިއިރު، އެކަން ބަލާނެ ކަމަށް އެއިރުވެސް ބުންޏެވެ.

ނަމަވެސް ކުމާރް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އޭގެ ކުރިން އެ އަހަރުގެ ޖުލައި މަސް ތެރޭގައި ސިންގްބަމް ޑިސްޓްރިކްޓްގެ އަންހެނަކު ބަނޑުގައި ރިއްސާތީ ދިއުމުން އޭނާ ކޮންޑަމް ބޭނުން ކުރަން ޑޮކްޓަރުން ދިން މައްސަލައެއްވެސް ފެންމިވިއެވެ. އޭނާއަށް އެކަން އެނގުނީ ފާމަސީއަށް ގޮސް ބެލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިރިހެނެއް

    އަޅުގަނޑުވެސް އޭޑީކޭގެ އެތެރެ ހަށީ ޑޮކުޓަރަކައް ދެއްކިން މާގިނައިން މޭނުބައިކުރާތީ ޑޮކުޓަރު އެހި ބަނޑު ބޮޑީހޭ.

    • އަންހެނެއް

      ހެހެހެ.... މާބަނޑު ނޫނަސް ގިނަ ފިރިހެނުންގެ ބަނޑު މާބަނޑު އަންހެނެކޭ އެއްވަރަށް ބަނޑު ބޮޑު.. ފިރިހެނުން ނުވެސް ވިހާ ބައެއްގެ އެވަރު ބޮޑު ބަނޑެއް އިންނާތީ ވ. ޙަޑި.