ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ ބަރަހަނާ ފިލުމު އުފެއްދުމުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި އިން ބަތަލާ ގެހެނާ ވަސިސްތު ޖަލުން ދޫކޮށްލުމަށް 15 ލައްކަ އިންޑިއަން ރުޕީސްގެ ރިޝްވަތެއް ދިނުމަށް މުމްބާއީ ފުލުހުން އެދިފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އިންޑިޔާގެ ނޫހަކަށް މައުލޫމާތުދެމުން ގެހެނާ ބުނެފައިވަނީ އޭނާ ހައްޔަރު ކުރުމަށް އެގެއަށް ފުލުހުން ވަނުމަށްފަހު ހައްޔަރުނުކޮށް ދޫކޮށްލުމަށް 15 ލައްކަ ރުޕީސް ދިނުމަށް އެދިފައިވާ ކަމަށެވެ.

ފުލުހުންގެ އެ ހުށަހެޅުމަށް ދެކޮޅު ހަދައި ގެހެނާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ބުނުމުން ބޭނުން މީހަކަށް ބޭނުން ކަމެއްގަ ކޭސް ފައިލް ކުރެވިދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ގެހެނާ ވަނީ މި ވާހަކަތަކުގެ އޭނާގެ ވަޓްސްއަޕް ޗެޓް ލޮގްތައް ވެސް ދައްކައިފައެވެ.

ގެހެނާ އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެފަހަރު ހައްޔަރު ކުރެވުނު ގޮތާއި މެދު ފުލުހުން ދޮގު ޚަބަރުތަކެއް ފަތުރާފައިވާ ކަމަށާއި އެހެންކަމުން މިފަހަރު ފުލުހުންގެ ފަރާތުން ކުރިމަތިވާނެ ކަންތައްތަކަށް ބިރުގަންނަ ކަމަށް އީޓައިމްސްއަށް މަޢުލޫމާތުދެމުން ގެހެނާ ބުނެފައިވެއެވެ.

އިތުރަށް ގެހެނާ ބުނެފައިވަނީ އޭނާ ނުކުރާ ކަންތައްތަކަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ. މިފަހަރު އެގޮތަށް ކަންތައް ކުރާނެ ކަމަށް ފުލުހުން އިންޒާރު ދީފައިވާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ރާޖު ކުންދުރާއާއި އެކު ބަރަހަނާ ފިލުމު އުފެއްދުމުގައި ބައިވެރިވި އިތުރު ތިން މީހަކާއި ގެހެނާގެ މައްސަލަ ވެސް މިހާރު ވަނީ ސީބީއައިއާއި ހަވާލު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު