ވެނޮމްގެ ފުރަތަމަ ފިލްމުގައި ފެނިގެން ދަނީ އެޑީ ބްރޯކް އާއި އޭނާގެ ހަށިގަނޑު ތެރެއަށް ވަދެގެން އުޅޭ އެހެން އޭލިއަން (ވެނޮމް) ޒާތުގެ ދިރޭ އެއްޗެކެވެ.

މި ފިލްމުގެ ދެވަނަ ފިލްމު(ވެނޮމް:ލެޓް ދެއާ ބީ ކާނޭޖް)ގައި ފެނިގެން ދަނީ އިތުރު ވެނޮމް އެއްގެ އުނދަގޫ ޖެހޭތަނެވެ. އެ ވެނޮމް އުޅޭނީ ނުބައިބައި ރޯލުން ފެނިގެންދާ ކްލޭޓަސް ކެސަޑީ(ވޫޑްރޯ ޓްރޭސީ ހެރެލްސަން) ގެ ހަށިގަނޑުގައެވެ.

ކްލޭޓަސް އަކީ ބޮޑެތި ކުށްތައް، މީހުން މެރުމުގެ ކުށުގެ ސަބަބުން ޖަލުގެ ވަރަށް ސެކިއުރިޓީ ބޮޑު ސަރަހައްދެގައި ހައްޔަރުކޮށްފައި ހުންނަ މީހެކެވެ. އެޑީ ކްލޭޓަސް ކައިރިޔަށް ދިއުމުން އެޑީގެ އަތުގައި ކްލޭޓަސް ދަތްއަޅައެވެ. އަދި އެ ޑީއެންއޭ ބޭނުންކޮށްގެން ނުލަފާ ވެނޮމް އެއް އޭނާ އުފައްދައެވެ.

މި ފިލްމުގައި އެޑީގެ ލޯބިވެރިޔާ އޭން(މިޝޭލް ވިލިއަމްސް) އެހެން މީހަކާ އެންގޭޖް ވެއެވެ. ފުރަތަމަ ފިލްމުގައި މި ދެކެރެކްޓާސް އުޅުނީ އެކީގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ވެނޮމްގެ ދެވަނަ ބައި ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހު 25 ހިސާބުގައެވެ. ފުރަތަމަ ފިލްމު ނެރެފައި ވަނީ 2018 ވަނަ އަހަރުގައެވެ. އެ ފިލްމަށް ލިބުނު ތަރުހީބަށްވުރެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތީގެ ޓްރެއިލާ އާންމުކުރިތާ މިހާރު ކޮން ޒަމާނެއް؟