މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކަމީލާ ކަބޭލޯ ލީޑު ރޯލުން ފެނިގެންދާ ސިންދްރެލާގެ އާ ފިލްމުގެ ޓްރައިލާ ދައްކާލައިފިއެވެ.

ޕިޗް ޕާފެކްޓް ލިޔުނު މޮޅު ލިޔުންތެރިޔާ ކެއި ކެނޮން ލިޔެ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ޓީޒާއެއް މީގެ ކުރިން ވަނީ ދައްކައިފައެވެ. މި ފިލްމުގައި ޕްރިންސްގެ ރޯލުން ފެނިގެންދަނީ ނިކޮލަސް ގެލަޒީންއެވެ.

މި ފިލްމަކީ އެމެޒަން ޕްރައިމް ވީޑިއޯއިން ގެނެސްދޭ ފެއާރީ ޓޭލް ގެ ލައިވް އެކްޝަން ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ޖޭމްސް ކޯޑެން އާއި ޝެނޮންއެވެ.

ސިންދްރެއްލާ އަކީ ޑިޒްނީން 1950 ވަނަ އަހަރު ނެރުނު ކާޓޫނެކެވެ. މި ކާޓޫނަކީ މިހާރުވެސް ގިނަ ކުޑަކުދިން ބަލާ ކާޓޫނަކަށްވާ އިރު މި ކާޓޫނުގެ ވާހަކައިގައި ހިމެނެނީ ސިންދްރެލާ ކިޔާ އަންހެން ކުއްޖަކާއި އޭނާގެ ދޮން މައްމަ އަދި ސްޓެޕް ސިސްޓާސްއެވެ.

ސިންދްރެލާ ފިލްމުގައި ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދަނީ ޗާލޮޓް ސްޕެންސާ އާއި މެޑީ ބެއިލިއޯއެވެ. އަދި ދޮން މަންމައެއްގެ ރޯލުން ފެނިގެން ދަނީ އިޑީނާ މެންޒެލްއެވެ. މި ފިލްމުގައި ގޯޑް މަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް-19 ގެ ސަބަބުން މި ފިލްމު ސިނަމާތަކުގައި އަޅުވާ ގޮތަށް އަދި ހަމަނުޖެހެއެވެ. ފިލްމް ރިލީޒްކުރާނީ ސެޕްޓެމްބަރު 3 ގައި ޕްރައިމް ވީޑިއޯ އިންނެވެ. މި ފިލްމަކީ ފަހުގެ ލަވަކިޔުމުގެ ހުނަރު ތަފާތު ގޮތަކަށް ފެނިގެންދާނެ ފިލްމަކަށްވާއިރު މިއީ އެތައް އަހަރެއްގެ އިންތިޒާރަކަށްފަހު ސިންދްރެއްގާލެ ފިލްމެއް ރިލީޒް ކުރާ ފަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު