އިންޑޮނޭޝިޔާގެ އާރޑީ ރިޒާލް އަކީ އެއް އިރެއްގައި އެންމެ ގަދަޔަށް ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި އެއްވަރަށް އެކަން ކުރި ކުޑަ ކުއްޖެކެވެ. އޭނާ ވަނީ އޭނާ އެންމެ ގަދަޔަށް ދުންފަތުގެ އިސްތިއުމާލް ކުރި ދުވަސްވަރު ދުވާލަކަށް 40 ސިނގިރޭޓް ބުއެފައެވެ. މިއީ މުޅިއަކު ދެ ސިނގިރޭޓް ފޮއްޓެވެ. އަދި މިއީ ދިވެހި ރާއްޖޭގައި ވެސް އެންމެ ގަދަޔަށް ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންވެސް ހައިރާންވާނެ އަދަދެކެވެ. މިވަރަށް ދުންފަތުގެ އިސްތިއުމާލް ކުރަނީ ކުޑަ ކުއްޖެކޭ ބުނުމުން ކޮންމެ މީހަކު ވެސް ހައިރާން ވާނެއެވެ.

އާޑީ އެންމެ ފުރަތަމަ ދުންފަތަށް ދެވިހިފީ އޭނާގެ އުމުރުން އެންމެ 2 އަހަރުގައެވެ. އޭނާ ދެވިހިފައިފައި ހުރި ވަރުން އޭނާއަށް ކޮންމެ ދުވަހަކުހެން މަދުވެގެން 40 ސިގެރެޓުން ނޫނީ ނުފުދެއެވެ. އެންމެ ފަހުން އޭނާ ދުންފަތުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްފެށީ އިންޑޮނޭޝިޔާގެ ސަރުކާރުގެ އެޖެންސީތަކުންނެވެ. މި އެޖެންސީތަކުން އާޑީއަށް ލިބުނު ފަރުވާގެ ސަބަބުން އޭނާއަށް ވަނީ ދުވަސްކޮޅަކަށްފަހު ސިނގެރޭޓް ބުއިމަށް ނޫނެކޭ ބުނަން ދަސްވެފައެވެ. އާޑީގެ މަންމަ ޑަޔާން ވަނީ އާޑީއަށް އެހީތެރިވެދިން ސައިކޭޓްރިސްޓަކަށްޓަކައި އާރޑީ ސިގެރެޓްއަށް ނޫނެކޭ ބުނަން ދަސްކުރިކަމަށް ކިޔައިދީފައެވެ.

އާޑީ ދުންފަތަށް ހިފާފައި ހުރި އަވައިން ސަލާމަތްވާން ކުރި މަސައްކަތަށްފަހު ދެން އޭނާ ދެވިހިފީ މުޅިން އެހެން ކަމަކަށެވެ. ކެއުމަށެވެ. މިއާއިއެކު އާރޑީގެ ބަރުދަން އެތައް ގުނައަކަށް އިތުރުވެ ސިއްހަތަށް ގެއްލުންވާ މިންވަރަށް މިކަންތައް ދިޔަކަމަށް އާރޑީގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެތައް ބައެއްގެ ބުރަ މަސައްކަތާއިއެކު އާރޑީ ވަނީ މި އަވައިންވެސް ސަލާމަތްވެފައެވެ.

މި ހުރިހާ ކަމަކުން ގަދަ ހިތްވަރާއިއެކު ސަލާމަތްވުމަށްފަހު އާޑީ މިހާރު ހުރީ ރަނގަޅު ސިއްހަތެއްގައެވެ. މިއީ އެކަމެއްގެ އަވައިގައި ޖެހޭ ގިނަ މީހުންނަށް ސަލާމަތްވާން ވަރަށް އުނދަގޫ ކަންކަމެކެވެ. އާރޑީގެ ވާހަކައިން ހައިރާންވުމުގެ ބަދަލުގައި އިބުރަތެއް ހާސިލުކޮށް ގަދަ ހިތްވަރާއިއެކު މިފަދަ ނޭދެވޭ އަމަލުތަކުން ސަލާމަތްވުމަށް ހިތްވަރު ލިބިގަންނާށެވެ. އެހާ ޅަ އުމުރެއްގައި މިފަދަ ނުރައްކާތެރި ދެ ކަމަކުން ކުޑަ ކުއްޖަކަށް ސަލާމަތްވެވޭއިރު ކީއްވެގެންތޯ ވަކި އެހެން މީހުންނަށް މިކަން ނުކުރެވެވެންވީ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޖާއިބު

    މި އާޓިކަލް ގަނޑު އަބަދު އެބަ ފޮނުވާ

  2. އަޒޫ

    ސުރުހީ ގަ ލިޔެފަ ހުންނަ އެއްޗަކާ ލިޔެފަ ހުންނަ އެއްޗަކާ ދިމަލެއް ނުވޭ.