ބޮލީވުޑްގެ ފިލްމީތަރި ސްރިދޭވީ އާއި އެއްކޮށް އާމިރް ހާން މަސައްކަތްކުރަން ބޭނުންނުވަނީ ކީއްވެތޯ އެއީ އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ސްރިދޭވީ މިހާރު ދުނިޔޭގައި ނެތް ނަމަވެސް އޭނާ އަކީ ބޮލީވުޑްގައި އުފެދުނު އެންމެ އަރާހުރި ފިލްމީތަރިންގެ ތެރޭގައި ހިމެނޭ އެއް ފިލްމީތަރި އެވެ.
ސްރިދޭވީ އާއި އެއްކޮށް އާމިރް ހާން ފިލްމު ކުޅެން ދެކޮޅު ހެދީ އެއް ފިލްމެއްގައި ސްރިދޭވީ އޭނާ އަށްވުރެ އުމުރުން ދޮށީ ބައެއް ކުޅެފައި ވުމާއިއެކު އެމީހުން ވަރަށް ކައިރީގައި ނަގާފައިވާ ފޮޓޯތަކަށް ފޭނުންގެ ނުރުހުން ލިބިދާނެތީއެވެ.
’ގަޔާމަތް ސޭ ގަޔާމަތް ތަކް‘ ގައި ފިލްމު އުފެއްދި ފަރާތުން ބޭނުންވީ އާމިރް މަޝްހޫރު ކުރުމަށެވެ. ނަމަވެސް ފޮޓޯތަކުގެ މައްސަލާގައި އޭނާ ހުރީ ވަރަށް ހިންހަމަނުޖެހިފަ އެވެ.
ސްރިދޭވީ އުފަންވެފައި ވަނީ 1963 ވަނަ އަހަރުގައި އެވެ. އޭނާ މަރުވީ 2018 ވަނަ އަހަރު ހިނގި ހިތާމަވެރި ހާދިސާއެއްގައި ގެނބިގެންނެވެ. ސްރިދޭވީ މަރުވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ. ބޮނޭ ކަޕޫރް އާއި ކައިވެނިކޮށް އޭނާ އަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އޭގެ ތެރެއިން އެއްކުއްޖަކީ ބޮލީވުޑްގައި މިހާރު މަސައްކަތް ކުރާ ފިލްމީތަރިއެކެވެ.
54 އަހަރުގެ އާމިރް ހާން ވަނީ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފަ އެވެ. މިހާރު އާމިރްގެ ތިން ކުދިން ތިބޭއިރު އަދިވެސް އޭނާ ދަނީ ފިލްމީ ހަޔާތް ކުރިއަށް ގެންދަމުންކަން ފާހަގަ ކުރެވެއެވެ.
އާމިރް ހާންގެ ކުރިޔަށް ހުރި ފިލްމުތަކަށްބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ’ލާލް ސިންގ ޗައްޑާ‘ އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ 3 އިޑިއެޑްސްގައި މަސައްކަތް ކުރި ފިލްމީތަރި ކަރީނާ ކަޕޫރް ހާން އާއި މޯނާ ސިންގް އެވެ.
ކޮން ފިލްމެއްބާ އެއީ
ސްރީދޭވީ އަސްލު އުފަންވީ 1961ވަނަ އަހަރު އެކަން އާމިރު އަށް އިގޭ! ޛީތެންދުރާ ގެ ކުރީގެ އިންޓަވިއު ތަކުން ވެސް އަދި ރޭކާ ގެ ކުރީގެ އިންޓަވިއު ތަކުގަ ވެސް އރކަން ފާހަގަ ކޮށްފަ ހުރި. ސްރީދޭވީ 1976 ވަނަ އަހަރު ބަތަލާ ގެ ބްއި ތަމަޅަ ފިލްމު ތަކުގަ ކުޅުނު އިރު 15 އަހަރު...