އިޓަލީ ސަރަހައްދުގެ ރަށެއް ކަމަށްވާ ސާޑިނިއާގެ "އަކުއަރިއޯ ކާލާ ގޮނޯންގެ"ގައި ހުސް އަންހެން މިޔަރު އުޅޭ ޓޭންކެއްގައި ފުރަތަމަ ފަހަރަށް މިޔަރެއް ވިހައިފިއެވެ.

އެ ޓޭންކެއްގައި އުޅޭ އަންހެން މިޔަރު ތަކުގެ ތެރެއިން އެއް މިޔަރު ވިހެއުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.

އެކަމާއި ގުޅިގެން ކަމުގެ ތަޖުރިބާކާރުން ބުނެފައިވަނީ އެއީ 'މިރަކަލް" އެއް ކަމަށާއި އެއީ އޭސެކްޝުއަލް ރެޕްރޮޑަކްޝަންގެ ފުރަތަމަ ވޭދަނަ ކަމަށެވެ. އޭސެކްޝުއަލް ރިޕްރޮޑަކްޝަނަކީ ހަމައެކަނި އަންހެނަކު މެދުވެރިކޮށް ވިހެއުމެވެ. އަދި އެއީ މަންމަގެ 'ތައްގަނޑެއް' ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެ ޓޭންކުގައި ތިބޭތާ ގަރުނެއް ވަރު ވެފައިވާ ދެ މިޔަރުތަކުގެ ތެރެއިން މިޔަރެއް ވިހާފައިވާއިރު، އެ މިޔަރު ވިހޭފައި ވަނީވެސް އަންހެން މިޔަރެކެވެ. އެ މިޔަރަށް "އިސްޕެރާ" ނަމުން ނަން ދީފައިވެއެވެ.

އަދި ވިހެއީ ކޮން މިޔަރެއްތޯ ކަށަވަރު ކުރުމަށް އެތަކެތީގެ ޑީއެންއޭ ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ޑީއެންއޭ ދިމާވެއްޖެނަމަ އެކަން ވެގެން ދާނީ އޭސެކްޝުއަލް ރެޕްރޮޑަކްޝަންގެ ފުރަތަމަ ވޭދަނައަށެވެ.

އޭސެކްޝުއަލް ރެޕްރޮޑަކްޝަންގެ އިތުރުން ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ އެކަން އެގޮތަށް ވެގެން ގޮސްފައިވަނީ "ޕާތެނޮޖެނެސިސް"ގެ ސަބަބުން ކަމަށެވެ. އަދި ބައެއް ތަޖުރިބާކާރުން ވަނީ އެކަމާއި ގުޅިގެން ސައިންޓިފިކް ގޮތުން އެހެން ވާހަކަތަކެއް ވެސް ދައްކާފައެވެ.

އަންހެން މިޔަރު ތިބި ޓޭންކެއްގެ ތެރެއަށް ކުޑަ މިޔަރެއް ވިހާފައިވާއިރު، 2017 ވަނަ އަހަރުގެ ތެރޭގައި ވެސް ޒިބްރާ މިޔަރެއް ވެސް ވަނީ ފިރިހެން މިޔަރެއްގެ އެހީއާއި ނުލައި މިޔަރެއް ވިހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތުއްތުނާ

  އިންޑިއާގަހިނގިކަމެއްނަމަ
  ރޭޕުކު ރީއޭބުނެވިދާނެ : ؟؟

  5
  2
 2. ހުސޭނުބޭ

  މިޔަރުވެސް ސަރޮގޭޓްކުރޭތަ!

 3. Anonymous

  ބައެއް މިޔަރު ފިރިހެން ރޯލްވެސް އަދި އަންހެން ރޯލްވެސް ކުޅޭ ކަމައް ވނީ.

 4. ކޭ

  ކޮބާ ފެނޭ؟؟

 5. ައަހާލަން ބޭނުން..

  ތި ޓެންކު ބަލަހައްޓަނީ ފިރިހެނެއްތަ؟ އެންކަމަށްވަންޏާ ، ޖަވާބު ވ. ސާފު..