އެންބީސީގެ "ދިސް އިސް އަސް" ގެ ތަރި ކަމުގައިވާ ލޯނީ ކާވިސް ދަތް ދުރު މީހުންނަށް، މަލާމަތް ކުރަމުން ދާތީ އެކަމަށް އެކަން ހުއްޓުވުމަށް ދަތް ދުރު މީހުންގެ ދިފާޢުގައި ނިމެއްޖެއެވެ.

ލޯނީ ވަނީ އޭނާގެ އިސްޓަގްރާމް އެކައުންޓްގައި މިކަމާ ބެހޭ ގޮތުން ވީޑިއޯއެއް ޕޯސްޓްކޮށްފައެވެ. ލޯނީ ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ އޭނާގެ މަތީ ދަތްޕިލާގެ މެދު ދެދަތް ދުރުކޮށް ހުރުމުން އޭނާއަށް މަލާމަތް ލިބޭ ކަމަށާއި މުޅި އިންޓަރނެޓްގައިވެސް އޭނާއަށް ބުލީ ކުރުންތައް އާއްމުވެފައިވާ ކަމަށެވެ. މިކުއްޖާ މިވީޑިއޯގައި ބުނެފައިވަނީ އޭނާގެ ދަތް ނަރުގަނޑު އަޅުވައިގެން ކައިރި ކުރެވޭނެ ކަމަށާއި ނަމަވެސް އޭނާއަށް މަލާމަތް ކުރާ މީހުންގެ ހިތް ސާފު ކުރެވޭނެ ގޮތެއް އޮތްތޯ ސުވާލު ކޮށްފައެވެ.

އިންޓަރނެޓްގައި ގިނަ ބަޔަކަށް ގިނަ ބަޔަކު ވެގެން ގަނާ ކުރަމުން ދާއިރު، 10 އަހަރުގެ މިކުއްޖާވަނީ މިގޮތަށް ގަނާ ކުރާ މީހުން މިކަމުން ދިނުމެދާނެ ނަތީޖާއެއްގެ ފުރިހަމަ ޒިންމާނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

މީސްމީޑިޔާާގައި އެކި މީހުނަށް މަލާމާތް ކުރުމަކީ ދިވެހިންގެ ތެރޭގައިވެސް އާއްމު ކަމެކެވެ. މިކަމުގެ ސަބަބުން ގެއްލުން ލިބި މީހާ ހާސްކަމެއްގެ ތެރެއަށް ވައްޓާލާ ފަހަރު މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު