ބޮލީވުޑުގެ ސުޕަރ ސްޓަރ ސަލްމާން ޚާނަކީ އުމުރުން 55 އަހަރުގައި ''ސިންގަލް'' ކޮށް ހުރި އެތައް ބަޔަކު ކައިވެނި ކުރުމަށް އެދިއެދި ހުރި އެކްޓަރެކެވެ.

ބޮލީވުޑުގައި ސަލްމާން ޚާން ހޭދަކުރި އެތައް އަހަރެއްގެ ތެރޭގައި ސަލްމާން ވަނީ ބޮލީވުޑުގެ އެތައް އަންހެން ފަންނާނުންނަކާއި އެކު ލޯބީގެ ގޮތުން ގުޅިފައެވެ.

ނަމަވެސް އެއިން އެއްވެސް ގުޅުމެއް ކައިވެންޏަކާއި ހަމައަކަށް ނުދެއެވެ. ތަފާތު ސަބަބުތަކާއި ހުރެއެވެ.

ސަލްމާން ޚާނާއި ކައިވެނި ކުރަން ބޭނުންވި ބޮލީވުޑުގެ ބައެއް ފަންނާނުންނަކީ:

ސަންގީތާ ބިޖްލާނީ

ސަލްމާނާއި ސަންގީތާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނި ކުރުމަށް ވެސް ތައްޔާރުވިއެވެ. 1994 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު ކައިވެނި ކުރުމަށް ތައްޔާރުވި ނަމަވެސް އެކަން ނުވެއެވެ. ސަލްމާން ސޯމީއާއި ރައްޓެހިވުމުން ކަމަށް ބެލެވެއެވެ.

އައިޝްވާރިޔާ ރާއީ

ބޮލީވުޑުގެ އެންމެ ހޫނު ޚަބަރުތަކުގެ ތެރެއިން އެއް ޚަބަރަކީ ސަލްމާނާއި އައިޝްވާރިޔާ ރައްޓެހިވި ޚަބަރެވެ. ނަމަވެސް ސަލްމާންގެ ޝައްކު ކުރުމުގެ ސަބަބުން ކުރިމަތިވި އެތައް ކަމެއްގެ ސަބަބުން މި ގުޅުން ވެސް ނިމިގެން ދިޔައެވެ.

ކެތުރީނާ ކެއިފް

ސަލްމާނާއި ކެތުރީނާ ލޯބީގެ ގޮތުން އުޅެނިކޮށް ސަލްމާނަށް ކެތުރީނާ ބޭވަފާތެރިވީ ކަމަށް ބުނެވެއެވެ. ރަންބީރާއި ކެތުރީނާ އެތައް އިރެއް ވަންދެން ފޯނުން ވާހަކަދެއްކިކަން އެނގުމުން އެދެމީހުންގެ ގުޅުން ވެސް އެ ހިސާބުން ނިމިގެން ދިޔައީއެވެ.

ސޯމީ ޢަލީ

ސަލްމާނާއި ސޯމީ ރައްޓެހިވެގެން އުޅުމަށް ފަހު ސަލްމާނާއި ކައިވެނި ކުރުމަށް ސޯމީ ބޭނުންވެގެން ބުނުމުން ވެސް ސަލްމާން އެކަމަށް އިންކާރު ކުރިއެވެ. އަދި ރަނގަޅު މީހެއް ހޯދުމަށް ފަހު ކައިވެނި ކުރުމަށް ވެސް ބުންޏެވެ.

މީގެއިތުރުން ފިލުމު ''ވީރް'' ގެ ބަތަލާ ޒަރީން ޚާނާއި، ''ޖެއި ހޯ'' ގެ ބަތަލާ ޑެއިސީ ޝާހުއާއި، ލޫލިއާ ވަންތޫރުއާއި އެލީ އަވްރަމް ވެސް ސަލްމާނާއި ކައިވެނި ކުރުމަށް ހުށަހެޅި ނަމަވެސް ސަލްމާން ވަނީ އެ ހުށަހެޅުންތަކަށް އިންކާރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަލްމާން

    ތީ ސަލްމާނާ އިންނާ ކައިވެނިކުރަން ބޭނުންވި ނީހުނެއް ނޫން. ތި މީހުން ސަލްމާނާ ކައިވެނި ނުކުރީ އެސޮރު ބޭނުންވެގެން އުޅުން އިރުވެސް

    5
    3
  2. ސޭހް

    ތިސޮރުތީ ހުންސާއެއްހެން ހީވަނީ

    6
    2
  3. މުބީނު މާރނީ

    އެކަކު ވެސް ނުއިނީ ކިތަންމެ ރީއްޗަސް އުޅުމެއް ނެތީމާ. ބޭރުފުށް ރީތީ. އެތެރެފުށް ނުބައި. ވާހަކަ ދައްކާލި ފުރަތަމަ ފަހަރު ވެސް އެކަން އިނގިއްޖެ ކަމަށް ސޯމީ އަލީ ބުނި. އެންމެން އެކަން ދަނޭ.

  4. ބޯހަލާކު😂

    ސަލްމާން އަކީ ހުންސާއެއް ނަމަ އެހާ ގިނަ އަންހެން ކުދިންނަކާ ރައްޓެއްސެއްވެސް ނުވީސް ދޯ ޝޭހު

    4
    1