އިންޑިއާގައި އަންހެނުން ޖިންސު ލާތީ އެކަން ބޮޑު މައްސަލަައަކަށް ހަދާ އެތައް ބަޔަކު އެބަތިއްބެވެ. މިފަހަރު ފުރައްސާރަކޮށްފައި ވަނީ ޖިންސު ލައިގެން ރޭލް ސްޓޭޝަނަކަށް އެރި އަންހެނަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ މުމްބާއީ އަވަށުގައި މި ހާދިސާ ހިނގިއިރު، އެ ދެ މީހުންނަށް ފުރައްސާރަ ކުރި މައްސަލަ މި ދެ މީހުން ވަނީ ރޭލް ސްޓޭޝަންގައި ޖައްސާފައެވެ އެ މީހާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގިގޮތަށް ބަލާއިރު، އެ އަންހެން މީހާ އާއި އޭނާގެ ރަހުމަތްތެރިއަކު އެ ރޭލަށް އަރާ އެ މީހުންނަށް ޖާގަ ދޭން އެ ރޭލުގައި ޖާގަ އޮތް ހިސާބެއްގައި އިން ފިރިހެނެއް ކައިރީ ބުނުމުން ނުދާނެކަމަށް ފުރަތަމަ އެ ފިރިހެން މީހާ ބުނީއެވެ. އަދި ފަހުން އެ ދެ މީހުން އެތަނުން ޖާގައެއް ހޯދައިގެން އިށީނުމުން އޭނާ ވަނީ އެ ދެމީހުންނާއި ދިމާލަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔާފައެވެ. އަދި ލައިގެން ހުރި އެއްޗެއްސާއިވެސް ވަރަށް ބޮޑަށް ބެހިފައެވެ.

ދާދި ފަހުން އިންޑިއާ ފުލުހަކު މި ވަނީ އެފަދަ މައްސަލައެއްގައި މަރާލާފައެވެ. އޭނާ މަރާލާފައި ވަނީ ދަރިންނާއި އަބިމީހާއަށް ޖިންސްލުމަށް ހުއްދަ ނުދިން މައްސަލަ ހޫނުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު