އަވަހަށް ދަތުރުފަތުރު ކުރެވުމަކީ ދުނިޔޭގެ ހުރިހާ އެންމެން ވެސް ކުރާ އުއްމީދެކެވެ. ކަނޑުދަތުރުތައް ވައިގެ ދަތުރުތަކަށް ބަދަލުވެ، ދަތުރުފަތުރަށް އިންގިލާބެއް ގެނެވިފައިވީނަމަވެސް އަދިވެސް ދުނިޔޭގެ އެއް ބިތުން އަނެއް ބިތައް ދަތުރުކުރަން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދަން ތަޖުރިބާކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މިމަސައްކަތުގައި ބޮއިން ކުންފުނިން މިވަނީ ފިޔަވަޅެއް ކުރިއަށް ޖެހިލާނެ ކަމުގެ އުފާވެރި ޚަބަރު ދީފައެވެ. ބޮއިން ކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި ދުނިޔޭގެ ފުރަތަމަ ހައިޕާސޮނިކް އެއާލައިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއީ މިހާރު މިދެކޭ ދަތުރުފަތުރަށް އިންގިލާބެއް ގެންނާނެ އެއާލައިނެކެވެ.

ހައިޕާސޮނިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރުކުރާ ފްލައިޓް ދަތުރު ކުރާނީ އަޑަށް ވުރެ ފަސް ގުނަ ބާރަށެވެ. މާނައަކީ ގަޑިއަކު 3800 މޭލު ކަޑައްތު ކުރާނެއެވެ. މިވަރުން ވެސް އޭގެ ސްޕީޑް ދެނެގަންނަން އުނދަގޫނަމަ އަޑުއަހާށެވެ. ހއ.ތުރާކުނުގައި ހުންނަ މީހަކަށް ހައިޕާސޮނިކް ފްލައިޓެއްގައި 12 މިނެޓުން އައްޑޫ ސިޓީ އަށް ދެވޭނެއެވެ. ކޮފީ ބޯން އައްޑު އަށް ގޮސްފައި އެނބުރި ތުރާކުނަށް ދިއުން އެއީ އެދުވަހުން ވަރަށް ފަސޭހަ ކަމެކެވެ.

މިހާރު ބޭނުންކުރާ ފްލައިޓްތަކަކީ ގަޑިއަކު 550 މޭލުގެ ބާރުމިނުގައި ދުވާ ފްލައިޓެވެ. އެހެންކަމުން ދަތުރުފަތުރަށް ދެން އަންނާނެ ބަދަލު އަންދާސާ ކޮށްލާށެވެ.

"އިންސާނުން އަބަދުވެސް ބޭނުން ވާނީ އަވަަސް ޚިދުމަތް. އަބަދުވެސް ބޭނުންވަނީ ކަންތައްތައް އަވަހަށް ވާން. އެއްވެސް މީހަކަށް ވަގުތު ނުވެގެން މިއުޅެނީ. އެހެންވީމާ ވަގުތުގެ އަގު ވަރަށް ބޮޑު." ބޮއިން ކުންފުނީގެ ހައިޕާސޮނިކް ޓެކްނޮލޮޖީ ތަރައްޤީ ކުރާ ޗީފް ސައިންޓިސްޓް ކެވޮން ބޮއިކަޓް ވިދާޅުވިއެވެ.

މިއީ މިހާރު ހޯދިފައި އޮތް ޓެކްނޮލޮޖީއެއް ނަމަވެސް ތަރައްޤީކޮށް މިފަދަ ފްލައިޓްތަކެއްގައި ދަތުރު ކުރެވޭނެ ދުވަހެއް ލަފާކުރަން ވެސް އަދި ހައެއްކަ އަހަރު ދުވަސް ނެގުން އެކަށީގެންވެއެވެ. ނަމަވެސް ޓެކްނޮލޮޖީގައި އިންސާނުން ހޯދަމުންދާ ކާމިޔާބީތަކަށް ބަލާއިރު އެދުވަސް އަވަސް ވެސް ވެދާނެއެވެ.

ސަައިންސްވެރިން އުއްމީދު ކުރަނީ މިގަރުނުގެ މެދަށް ދިއުމުގެ ކުރިން މިފަދަ ފްލައިޓްތަކުގައި އިންސާނުންނަށް ދަތުރު ކުރެވެން ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖެޓްސީ

  ކެނެރީ ނަޝީދު ފޮނުވާ ތިޔަ ކޮފީ ބޯން

  • ކެނެރީ

   ކޮންމެ ކަމަކާ ނަޝީދު ތި އަޅުވަނީ އޯ؟ އޭނަ އެބަ ދޭތަ ކަލޭއަށް އުނދަގޫ ކުރަން؟

 2. ފާތިމަތު

  އެކަމް އެކްސިޑެންޓް ތަކުގެ ބިރު ބޮޑު

 3. އައްޔަ

  މަބޭނުން ކޮފީބޯން

 4. ީގ

  ޜާއްޖޭގަ މިހާރުވެސް އަޑަށްވުރެ ބާރަށް ދަތުރުކުރާ ފްލައިޓްތައް އބަހުރި. މާލެއިން އައްޑުއަށް ދަތުރުކުރުމަށް ނަގަނީ އެއްގަޑިއިޜާ ދިހަމިނިޓް. ޢެކަމަކު އެއަރޕޯޓގަ ފްލައިޓް ޑިލޭވެގެން ބައިގަޑިއިރު ދެގަޑިއުރު މަޑުކުރަން ނުޖެހޭ އެއްފަހަރުވެސް މަށަކަށް ލައްވާނުލާ.

 5. އަމްމަޑޭ މާމިގިލި

  ރާއްޖޭ މީހުން ކޮފީ ބޯން ތަންތަނައް ދަތުރު ކުރާން ހަދާފައި އިން ފުލައިޓެއް އެއީ. ވަގުތު ނޫހާއި ބޮއިން ކުންފުންޏާ ގުޅިގެން..

 6. ހަސަން

  ރަނގަޅުގޮތަކީ 8 މިނިޓް.