އިންޑިއާގެ މަޝްހޫރު ތަރި ފަރާހް ހާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭނާ އަކީ އިންޑިޔާގެ މޮޅު ނެށުންތެރިން ތަމްރީމް ކުރުމުގައި މަސައްކަތްކުރާ ހުނަރުވެރި އެއް ފަންނާނެވެ.

ޑާންސް ޑެއިލީ ޝޯ ސުޕަރ ޑާންސާ 4 ގައި ފަރާހް ހާން އާއި އެކު ޝިލްޕާ ޝެޓީވެސް ފަނޑިޔާރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު އޭނާ ވަނީ ކޯން ބަނޭގާ ކަރޯޑް ޕަތީގެ ހާއްސަ ޝޯއެއްގައި އަމީތާބް ބައްޗަން އާއި އެކުވެސް ބައިވެރިވެފައެވެ.

ދަ މެއިން ހުނާގެ ޑައިރެކްޓަރ ވަނީ އޭނާ ކޮވިޑަށް ފައްސިވެފައިވާކަން ހާމަކޮށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާފައިވާކަން ހާމަކޮށްފައެވެ. ފަރާހް ހާންގެ ބަދަލުގައި ސުޕާ ޑާންސާގެ ފަނޑިޔާރަކަށް ދެން ފެނިގެންދާނީ މިކާ ސިންހްއެވެ.

56 އަހަރުގެ ފަރާހް ކޮވިޑަށް ފައްސިވެފައިވާކަން ހާމަކޮށްފައިވާއިރު ދާދިފަހުން އޭނާ ވަނީ ޝިލްޕާ ޝެޓީ، ގީތާ ކަޕޫރް، ރިތްވިކް ދަންޖާނީ އަދި ޕަރީތޯޝް ތްރިޕާތީ އާއި އެކު ނަގާފައިވާ ވީޑިޔޯއެއް މީސްމީޑިޔާގައި ހިއްސާކޮށްފަ އެވެ.

ކޮމެޑީ ޝޯގައި ފަރާހް ފެނިގެންދާއިރު އޭނާ އަކީ ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިންގެ ދެ ޑޯޒްވެސް ޖަހާފައިވާ ފަރާތެކެވެ. އޭނާ ވަނީ ފާއިތުވި މުއްދަތުގައި މަޝްހޫރު އެތައް ޝޯއެއްގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ބޮލީވުޑްގެ ފިލްމީ ދާއިރާގައި ފިލްމު އުފެއްދުމާއި އެކްޓު ކުރުމާއި ޑާންސް ކުރުމުގައި ފަރާހް ހާން މަސައްކަތް ކުރާއިރު އޭނާ އަށް ވަނީ ގިނަ އެވޯޑް ތަކެއްވެސް ލިބިފަ އެވެ. ފަރާހް ހާން މިހާތަނަށް ކޮށްފައިވަނީ އެންމެ ކައިވެންޏެކެވެ. އެ ކައިވެންޏަށް އޭނާ އަށް ވަނީ ތިން ކުދިން ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު