ގަންބިޔާގެ ކުރީގެ ރައީސް ގެންގުޅުއްވި ކާރުތަކާއި ޖެޓްތައް އަދި މިނޫންވެސް އަގުބޮޑު ޝާހީތަކެތި ބީލަމުގައި އެޤައުމުގެ ސަރުކާރުން ވިއްކަވަން ފަށައިފިއެވެ.

ގަންބިޔާގެ 20 އަހަރުވީ ދިގުވެރިކަން ނިމިފައިވަނީ މިދިޔަ އަހަރުއެވެ. ވެރިކަމުގައި އޭރު ހުންނެވީ ޔަޙްޔާ ޖަމެއްގެ މައްޗަށް ކޮރޮޕްޝަޕްގެ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާއިރު، ޔަޙްޔާ ވެރިކަމުގައި ބޭނުން ކުރި ކާރުތަކާއި ޖެޓްތައް ވިއްކައިގެން 10 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

ރައީސްކަމުން ފޭބިއިރު، ރައީސް ބޭނުން ކުރުމަށް އެޤައުމުގައި 4 މަތިންޖާ ޖެޓްއާއި 30 ކާރާއި ބޮޑެތި ބިންތައް ބައްލަވައިގެންފައި ހުއްޓެވެ. އެޤައުމުގެ މިހާރުގެ ސަރުކާރުގެ އަމާޒަކީ މިތަކެތި ވިއްކައިގެން ލިބޭ ލާރިން ޤައުމަށް ފައިދާ ހުރި ކަންކަން ކުރުމެވެ.

އެޤައުމުގެ މިހާރުގެ ސަރުކާރުން ބުނެފައިވަނީ އެޤައުމުން ބޭނުންވަނީ ރައްތިތުންގެ ހެވާ ލާބަ ކަމަށާއި މިގޮތުން މި "ބޭކާރު" ތަކެތި ވިއްކައިގެން ސިއްޙީ ކަންތައްތަކާއި ތަޢުލީމީ ކަންތައްތައް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނާ

    10 މިލިޔަންޓަ ނޫނީ 10 ބިލިޔަންތައް