ފިލާވަޅު ދަސްކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ބައެއް މީހުންނަށް ފަސޭހައިން ފިލާޅު ދަސްކުރެވޭއިރު ވަރަށް އުނދަގުލުން ފިލާވަޅު ދަސްކުރެވޭ މީހުންވެސް ދުނިޔޭގައި އުޅެއެވެ. ފިލާވަޅު ފަސޭހައިން ދަސްވުމާއި ދިރިއުޅުމުގެ ބައެއް އާދަތަކާއި ވަނީ ގުޅި ލާމެހިފައެވެ. އެގޮތުން ފަސޭހައިން ފިލާވަޅު ދަސްކުރަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ހަމަނިދި ނިދުން

ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެނީ ނިންޖަކީ މީހާގެ ސިކުނޑީގައިވާ ވަރުބަލިކަން ފިލުވައިދީ ސިކުނޑި ހަމައަކަށް އަޅުވައިދޭ ކަމަށް ވުމުންނެވެ. އެހެންކަމުން ފިލާވަޅު ދަސްކުރަން އިށީނުމުގެ ކުރިން ހަމަ ނިދި ނިދުމަކީ ވަރަށް މުހިންމުކަމެކެވެ.

ދުއާ ކުރުން

ދުޢާއަކީ ވިސްނުން ތޫނުވުމުގެ އެއް އަސްލެކެވެ. އެހެންކަމުން ފިލާވަޅު ދަސްކުރުމުގެ ކުރިން މާތްﷲގެ ހަސްރަތަށް ދުއާ ދެއްނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަށް ކިޔައި ހެޔޮއަމަލްތަށް ކުރުން މަތީ ސާބިތުވެ ހުރުމަކީ އެކަމުގެ ސަބަބުން ވިސްނުމުގެ ބާރު ގަދަވާނެ ކަމެކެވެ.

ޕްރިންޓެޑް ނޯޓްއިން ފިލާވަޅު ކިޔުން

ފޮތް ފޮތުން ނުވަތަ ޕްރިންޓެޑް ނޯޓް އިސް ފިލާވަޅު ކިޔުމަކީވެސް ފަސޭހައިން ފިލާވަޅު ދަސްވާ ކަމަކެވެ. އަދި އެކަމަކީ އޮންލައިންކޮށް ފިލާވަޅު ދަސްކުރުމަށް ވުރެއް ހަރުދަނާ ގޮތެއް ކަމަށް އަދުގެ ސައިންސްވެރިން ބުނެއެވެ.

ލިޔަމުން ކިޔުން

ފިލާވަޅު ފަސޭހައިން ދަސްކުރަން ބޭނުންނަމަ އެ ފިލާވަޅެއްގައި ހުންނަ ކީ ވޯޑްސް ނޯޓް ކުރާށެވެ. އަދި އެ ކީ ވޯޑްތަށް ލިޔަމުން ކިޔަމުން ގެންދާށެވެ. އޭރިން ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު