ޕައިލެޓެއް ނެތި އަސްކަރިއްޔާގެ އެކި ބޭނުންތަކަށް އުފައްދަމުންދާ އުދުހުމުގެ ގާބިލުކަން ހުންނަ ޑްރޯންތައް އެކި ޤައުމުތަކުން އުފައްދަމުންދާއިރު މިފަދަ ޑްރޯންތައް އުފެއްދުމުގައި އެކި ޤައުމުތަކުގައި މިވަނީ ވަރަށް ބޮޑަށް ވާދަވެރިކަން ބޮޑުވެފަ އެވެ.

އެމެރިކާގެ އެއާފޯސް ރިސާޗް ލެބް (އޭއެފްއާރްއެލް) އިން އުފައްދާފައިވާ ޑްރޯންތަކުގެ ތެރޭގައި މިސްރާބު ދެނެގަތުމަށް އުނދަގޫ ގޮތަށް އުދުހޭ ޑްރޯންތަކުގެ މިސްރާބު ދެނެގަންނަ ޑްރޯން، ޖީޕީއެސް ބެލުމަށް އުފައްދާފައިވާ ޑްރޯން، އެކިވައްތަރުގެ ގޮވާތަކެއްޗާއި އެކު އުދުހޭ ޑްރޯންސް އަދި މޫސުމީގޮތުން ކޮންމެ ފަދަ ހާލަތެއްގައިވެސް އުދުހުމުގެ ގާބިލުކަން ހުންނަ ޑްރޯންތައްވެސް ހިމެނެއެވެ.

އޭއެފްއާރްއެލް އިން މި އަހަރުގެ އޭޕްރީލް މަހުގައި ކްރާޓޮސް ޔޫޓީއޭޕީ-22 ޑްރޯން ކާމިޔާބުކަމާއެކު ވަނީ އުދުއްސުވާފަ އެވެ. އެ އެއާފޯސް އިން ދާދިފަހުން ވަނީ ސްކައިބޯގް ގެ ދެވަނަ ފްލައިޓެއް ކާމިޔާބުކަމާއެކު އުދުއްސުވާފަ އެވެ. އެ ޑްރޯން ފްލައިޓް އަކީ ޖެނެރަލް އެޓޮމިކްސް އެމްކިޔު-20 އެވެންޖާސް އެވެ.

އެވެންޖާ ޑްރޯން އުދުއްސުވާފައި ވަނީ ކެލެފޯނިޔާގައި ހުންނަ އެޑްވާޑްސް އެއާ ފޯސް ބޭސް އިންނެވެ. މި ޑްރޯން އިން އަމިއްލަ އަށް ވެސް ކަންކަމުގައި ގޮތް ނިންމުމުގެ ގާބިލްކަން ހުންނާނެ ކަމަށް އޭއެފްއާރްއެލް އިން ބުނެއެވެ. އަދި އެއްވެސް ކަމެއްގައި ނުރައްކަލެއް ވާނަމަ ވަގުތުން ޑްރޯން ކޮންޓްރޯލް ކުރާ ޕައިލެޓަށް އެކަން އަންގާނެ އެވެ.

ޑްރޯން ޕައިލެޓުން ތިބޭނީ އަސްކަރިއްޔާގެ ވަކި ތަނެއްގައި އެވެ. ޑްރޯންގައި ހުންނަ ކެމެރާތަކާއި ސެންސަރ ތަކުން ޑްރޯންގެ ވަށައިގެންވާ މާހައުލު ފަސޭހައިން ދެނެގަންނާނެ އެވެ. މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ދުނިޔޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ އެންމެ އެޑްވާންސް ޑްރޯންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު