ކެޓްރީނާ ކައިފް އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާގެ އެކްޓިންއާ މެދު ފާޑު ކިޔުންތެރިން ސުވާލު އުފެއްދި ނަމަވެސް އޭނަގެ ފޭނުން އޭނާގެ ފަހަތުގައި އަބަދުވެސް ތިބިކަން މީސްމީޑިއާގައި އޭނާ އަށް އޮތް ތަރުހީބަށް އެކަނި ބަލާލިއަސް ހާމަވެއެވެ. އެނާގެ ރީތި ކަމަށާއި، ނެށުމުގެ ހުނަރު ފަދަ ކަންކަމުގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ކެޓްރީނާގެ ހަޔާތުން ދެން އެންމެ ޝައުގުވެރި އަނެއް ކަމަކީ އޭނާގެ ކަސްރަތު ކުރުމުގެ ތާވަލެވެ. ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ ދުޅަހެޔޮ ދިރުޅުމަކަށް ލޯބިކުރާ ބަޔަކަށް ވީނަމަވެސް ކެޓްރީނާ ހިމެނެނީ އާދަޔާ ހިލާފަށް ގިނަ ވަގުތު ޖިމްގައި ހޭދަކުރާ މީހެއްގެ ގޮތުގައެވެ. އަދި އޭނާ އަކީ ބުރަ ކަސްރަތުތައް ކުރުމަށް ލޯބި ކުރާ މީހެކެވެ.

ކެޓްރީނާ ބޮލީވުޑްބާއި އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަސްރަތަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު އެއް ބައި ކަމަށެވެ. އެހެންކަމުން އޭނާގެ ބައިވެރިޔަކު ވެސް ކަސްރަތަށް ލޯބި ކުރުމަކީ އޭނާ އެދޭ ކަމެއް ކަމަށް ކެޓްރީނާ ބުނެއެވެ. އޭނާ ބުނީ ބައިވެރިޔާ އާއެކު ވެސް ކަސްރަތުކޮށްލުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އޭނާ އަށް ބާރު އަޅާނެ ބައިވެރިޔަކު ހޯދަން އިސްކަން ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކެޓްރީނާ މީގެ ކުރިން ބޮލީވުޑްގެ އެކި މީހުންނާއި ރައްޓެހިވެފައިވާއިރު އޭނާ އެންމެ ފާޅުކަން ބޮޑުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ރަންބީރް ކަޕޫރް އާއެވެ. ކެޓްރީނާ އާއި ފަރްހާން އަޚްތަރު އަދި ރިތިކް ރޯޝަން ފަދަ ތަރިންނާއި ލޯބީގެ ގޮތުން ގުޅުން އޮތްކަމަށް އަޑު ފެތުރުނު ނަމަވެސް އެތަރިންގެ ފަރާތުން އެފަދަ ކަމެއް ސާފުވެފައެއް ނުވެއެވެ. އޭގެ ފަހުން މިހާރު ކަޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އަރަމުން އަންނަ ބަތަލް ވިކީ ގޯޝަލް އާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ ކަމެއް އެ ތަރިން ޔަގީންކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންސޮރު

    ދެން އައްްޗީޑި

  2. ހުސޭނުބޭ

    އެކޮއި އެވަރަށް ކަސްރަތުކުރާއިރުވެސް އެ ހުންނަނީ ހަނޑޫތަޅާ ވަނެއްހެން!

  3. ދޮންމަނިކް

    އަހަރެން ހިތް އަތުލަން ކެޓް ބުރުގާ އަޅާ ފިލްމް ކުޅުން ހުއްޓާލާ