އިންޑިއާެގެ ބެންގަލޫރްގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެެއްގެ ފަސް މީހަކު މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

މިއީ ދިއްލީގެ ބުރާރީގައި 2018 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި އަމިއްލައަށް މަރުވި އެއް އާއިލާއެއްގެ ބައެއްގެ ކޭސްއާ ވައްތަރު ކޭސްއެއް ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއޭއެންއެސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، މަރުވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހުން ތިބީ އެކިި ކޮޓަރި ތަކުގައި ދަންޖެހިގައި ތިއްބާ އެވެ. އަދި ނުވަ މަހުގެ ފިރިހެން ކުއްޖަކު ފެނިފައި ވަނީ އެނދުމަތީގައި މަރުވެފައި އޮއްވާ ވެއެވެ. ބެލެވޭގޮތުގައި، އެ ކުއްޖާ މަރުވެފައި ވަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ. އެހެން ނަމަވެސް އެ ކުއްޖާގެ މަރުގެ އަސްލު ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ގޭގެތެއިން މަރުނުވެ އޮއްވާ ފެނިފައި ވަނީ އުމުރުން ދެ އަހަރާއި ބައިގެ އަންހެން ކުއްޖެެކެވެ. އެ ކުއްޖާވެސް ނުކައި ހުންނަތާ ހަތަރު ދުވަސްވެފައިވާއިރު، އެ ކުއްޖާ ފެނިފައި ވަނީ ހޭނެތިފައި އޮއްވާއެވެ. އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.

މިފަދަ ކުރީގެ ހާދިސާއަކަށް ބަލާއިރު، ދިއްލީގެ ބުރާރީގައި ހުންނަ ގެއެއްގައި ދިރިއުޅެމުންދާ އެއް އާއިލާއެއްގެ 11 މީހަކު މަރުވީ މީގެ ތިން އަހަރު ކުރިންނެވެ. އެ މީހުންްގެ މަރާއި ބޮޑަށް ގުޅިގެން ގޮސްފައި ވަނީ އެ އެންމެން މަރުވީ ސިހުރުގެ ކަމަކާއިއެވެ. މިހާރު އެކަން ހިނގިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަވައްޓެެރިން ބުނަނީ އެގެ ކައިރިން ލާފައި ދިޔަޔަސް ބިރުވެރިކަން ހިތު ތެރެއަށް ވެރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު