ހީނާ ޚާންއަކީ އިންޑިއާގެ ޓީވީ ސީރީޒްތަކުގެ ޒަރިއްޔާ އިން ފޭނުންގެ ހިތް އަތުލި ފަންނާނެކެވެ. އޭނާއަކީ ކުޑަ ސްކްރީނުން ބޮލީވުޑަށް ދިޔަ އެންމެ ކާމިޔާބު އެއް ފަންނާނު ކަމީ ސުވާލެއް އޮތް ކަމެއް ވެސް ނޫނެވެ. ބޮޑު ފިލްމަކުން މިހާތަނަށް އައިއިރު އޭނާ ނުފެނުނު ނަމަވެސް އޭނާއަކީ ބޮލީވުޑްގައި ވެސް ކާމިޔާބު މޫނެއްކަން ފާހަގަކޮށްލެވެއެވެ. އޭނާ އަކީ މުސްލިމް ފަންނާނުންގެ ތެރެއިން ޓީވީ ޕްރޮޑަކްޝަންގެ ދުނިޔޭގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ފަންނާނުވެސް މެއެވެ.

ހީނާ އަކީ އޭނާގެ ފޭނުންނާއި ގާތް ގުޅުމެއް ބާއްވާ ފަންނާނެއް ވެސް މެއެވެ. އޭނާގެ ޗުއްޓީ ދަތުރުތަކާއި މަސައްކަތުގެ ވާހަކަ ވެސް ފޮޓޯ އާއި ވީޑިއޯ މެދުވެރިކޮށް އޭނާ ދަނީ މީސްމީޑިއާގައި ފޭނުންނާ ހިއްސާކުރަމުންނެވެ. ސްޓާޕްލަސްގެ ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ އިން ގާތްގަނޑަކަށް އަށް އަހަރު ފެނިގެންދޔަ ހީނާ "ކަސޯޓީ ޒިންދަގީކީގައި ވެސް އަދާކުރީ މުހިންމު ރޯލެކެވެ. މީގެ އިތުރުން ނާގިން އިން ވެސް އޭނާ ވަނީ ފެނިފައެވެ. ބޮލީވުޑްގެ އުފެއްދުންތަކަށް ބަލާ ނަމަ އެންމެ ފާހަގަކޮށްލެވެނީ "ހެކް"އެވެ.

ހީނާގެ ހިތުގައި ރާއްޖޭގެ މޫދުތަކާއި، އެހެނިހެން ގުދުރަތީ ރީތިކަން އަދި ރިސޯޓުތަކުން ދެމުންދާ ފުރިހަމަ ހިދުމަތްތަކަށް އޮތް ލޯބި އެއީ އޭނާގެ ފޭނުންނަށް ސިއްރެއް ނޫނެވެ. 2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އަހަރަކު ދެ ފަހަރުހެން ހީނާ އާދެއެވެ. އޭނާ ރާއްޖެ އައިސް ނަގާ ފޮޓޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެއެވެ.

މިހާރު ވެސް ޗުއްޓީ ހޭދަކުރަމުންދާ ހީނާ ރާއްޖޭގައި ނެގި ފޮޓޯއަކަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ސާދާ ހުދު ހެދުމެއްގައި ހީނާ ފެނިގެންދާ އެ ފޮޓޯ އަކީ ހީނާގެ މިޒާޖު ރަމްޒުކޮށްދޭ ފޮޓޯ އެއް ކަމަށް ބައެއް ފޭނުން ބުނެއެވެ. އަދި އެހެން ގިނަ ފަންނާނުންނާއި ހިލާފަށް ހީނާގެ ހުރިހާ ފޮޓޯތަކަކީ ނިވާކަން ކުޑަ ހެދުމުގައި ހުންނަ ފޮޓޯތަކަށް ނުވުމުން އެކަމަށް ވެސް އާއްމުން ވަނީ އޭނާ އަށް ތައުރީފުކޮށްފައެވެ.

އެ ފޮޓޯ އަށް ގަޑިއެއްހާ އިރު ތެރޭ ލައްކަ އަކަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. ހީނާ ހިއްސާ ކުރި ފޮޓޯ އާއެކު ލިޔެފައިވާ މެސެޖުގައި ވަނީ އޭނާ އަށް ވާނެ ކަމަށާއި، އޭނާ ކުރާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ކުރާތަން ބަލަން ތިބުމަށް ވެސް އެދިފައިވެއެވެ.

ފަހަކަށް އައިސް ބައެއް މީޑިއާތަކުން ދަނީ ހީނާ އަށް ބޮލީވުޑްގައި ބޮޑު ނަމަކަށް ވެވިދާނެތޯ ސުވާލު އުފައްދަމުންނެވެ. ފަހަރެއްގައި މިއީ އެ ހަބަރުތަކަށް ނުސީދާކޮށް ހީނާ ދިން ޖަވާބެއް ކަމަށް ވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަޤީޤާ

    ނިވާކަން ކުޑަވުމާ ނުވުމުގެ މުރާދު އެނގިލައްވާތޯ؟ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އެ ފޮޓޯއިން އެ ފެންނަނީ ހެދުން ލައިގެން އޮރިޔާމުން ހުރި އަންހެނެއް.

    25
    4
    • ހޯސް

      ނިވާކަން ކުޑަނުވުންވެސް އެއީ ފާފައެއްތަ ނެތޭނު ސަލާމަތެއް

      5
      5
  2. އިސްޢާފް ސަލީމް

    އިންޑިޔާގެ މުސްލިމު ފަންނާނުން ތިބޭނީ މުސްލިމުވެފައި މިގޮތަށް!

    12
    3
  3. ސަންފައްތަ

    އަހަރުން ދަންނަނީ ބޮޑުހީނާ އާއި ކުޑަހީނާ. އެނޫން ހީނާއެއް ނުދަންނަން. ކިތަންމެ މަޝްހޫރުވިޔަސް ތިބުނާ ހީނާއެއް ނުދަންނަން. ކިހާ މަޝްހޫރު. މަށަށް ނޭނގި ކިހިނެއް މަޝްހޫރުވާނީ؟

    5
    1
    • ހަހަ

      ސަންފައްތާ!! އަހަރެން ކުޑައިރުއްސުރެ ފެށިގެން ދަންނަނީ ހީނާ ފަތް...

  4. ގަމާރު

    ހޯސް. ކަލޭހީކުރީ އެގޮތަށް ހެދުންއެޅުންކަމަށްދޯ ސަލާމަތްވާންއޮތްމަގަކީ ގަމާރު!!