ބިގް ބޮސް އަކީ ބޮލީވުޑް އާއި ޓީވީ ފަންނާނުން ހިމެނޭހެން އިންޑިއާގައި ގެންނަ އެންމެ ބޮޑު އެއް ރިއަލިޓީ ޓީވީ ޝޯއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނާނުން ހިމަނައިގެން ކުރިއަށް ގެންދާ ބިގް ބްރަދާ ޝޯގެ ކޮންސެޕްޓަށް ކުރިއަށް ގެންދާ މި ޝޯ އަކީ ރާއްޖޭގައި ވެސް ވަރަށް މަޝްހޫރު ޝޯއެކެވެ. މި އަހަރު މި ޝޯ އާ ހަރުފަތަކަށް ގެންގޮސް ބިގް ބޮސް އޯޓީޓީގެ ނަމުގައި އޮންލައިންކޮށް ޝޯއެއް ވަނީ ފަށައިފައެވެ.

ބިގް ބޮސް އަކީ ޝޯގެ ހުރިހާ ބައިވެރިން އެއް ގެއެއްގައި ތިބޭ ޝޯ އަކަށް ވާއިރު އެ ޝޯގެ ބައިވެރިން ގޭގައި ދެމި ތިބުމަށް ޓާސްކްތަކެއް ނުވަތަ ގޭމްތަކެއް ކުޅެން ޖެހެއެވެ. އެ ގޭމްތަކުން އެންމެ ފުލަށް ދާ ބަޔަކު ނުރައްކަލަށް ހުށަހެޅޭ އިރު ޝޯއިން ވަކިވާނެ ބަޔަކު ނިންމަނީ ވޯޓަކުންނެވެ. ބިގް ބޮސް އޯޓީޓީގައި 24 ގަޑި އިރު ހިނގާ ހުރިހާ ކަމެއް އާއްމުންނަށް ފެނެއެވެ. ކުރިން އާއްމުންނަށް ފެންނަނީ ހޮވާލެވޭ ވަކި ކަންތައްތަކެކެވެ.

މި ފަހަރު ބިގްބޮސް އޯޓީޓީގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ބޯޗްޕުރީ ފިލްމް އިންޑަސްޓްރީގެ އެންމެ މަގްބޫލު އެއް ފަންނާނުކަމަށްވާ އަކްޝަރާ ސިންގ އާއި މަޝްހުރު ފިލްމީ ތަރި އަލޮކް ނާތްގެ ދަރިފުޅު އަދި ބަތަލު ކަރަން ނާތް، ޓީވީ ޝޯތަކުން މަޝްހޫރު ރިދިޕާ ޕަންޑިތް ފަދަ ތަރިން ހިމެނުނެވެ. މި ސީޒަންގެ ފައިނަލް އާ ހަމައަށް ދިޔައީ ކޮރިއޯގްރާފަރ ނިޝާންތް އާއި އެކްޓަރ ރާކޭޝް ބާޕަޓް، ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ބަތަލާ ޝަމީތާ ޝެއްޓީ، ސްޕްލިޓްސް ވިލާ އާއި އޭސް އޮފް ސްޕޭސް އިން މަޝްހޫރުކަން ހޯދި ރިއަލިޓީ ޓީވީ ތަރި، މޮޑެލް އަދި އެކްޓަރ ޕްރަތީކް ސޭޖްޕާލް އަދި ކުރިން ގިނަ ރިއަލިޓީ ޝޯތަކެއް ކާމިޔާބުކޮށްފައިވާ ދިވްޔާ އަގަރްވާލްއެވެ.

އޭގެ ތެރެއިން ޓޮޕް ދޭއްގައި ހިމެނުނީ ދިވްޔާ އަދި ނިޝާންތުއެވެ. މި ސީޒަން ކާމިޔާބު ކުރީ މޮޑެލް އަދި ބަތަލާ ދިވްޔާ އަގަރްވާލްއެވެ. ދިވްޔާ އަކީ މި ސީޒަންގައި ފެނުނު އެންމެ ވަރުގަދަ އެއް ބައިވެރިޔާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ އޭނާ މުޅި ޝޯގައި އުޅުނީ އެކަނި ކަމަށް ވުމާއި، އޭނާ އަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވުން ހިމެނެއެވެ.

މީގެ ކުރިން ދިވްޔާ ވަނީ އޭސް އޮފް ސްޕޭސް އާއި ސްޕްލިޓްސް ވިލާޝޯގައި އޭނާ އަކީ ރަނަރަޕެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރ ވަރުން ސޫދު އާއެވެ. އޭނާ އާއި ދިވްޔާ ގުޅުނީ އޭސް އޮފް ސްޕޭސް ޝޯގައެވެ. އޭގެ ފަހުން ދިވްޔާ ވަނީ ވަރުން އާއެކު ރާގިނީ އެމްއެމްސް 2 ސީރީސްގައި ލީޑްރޯލު އަދާކޮށްފައެވެ. ދިވްޔާ ވަނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ލަވަތައް ވެސް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު