މީސް މީޑިއާގައި ފޮޓޯ ހިއްސާ ކުރުމުގައި މިހާރު އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނަކީ ރެސްލިން ސްޓާ އަދި އެކްޓަރު ޖޯން ސީނާއެވެ.

ޖޯން ސީނާ އިންސްޓަގުރާމުގައި ހިއްސާ ކުރާ ޕޯސްޓުތައް ތަފާތުވަނީ އެއްވެސް ކެޕްޝަންއެއް ނެތި، އެކި މީސް މީހުންގެ ފޮޓޯތައް ހިއްސާ ކުރާތީއެވެ. މިގޮތުން ޖޯން ސީނާގެ އިންސްޓަގުރާމު އެކައުންޓުން ބޮލީވުޑުގެ ފަންނާނުން ވެސް ފެނެއެވެ.

އެންމެ ފަހުން އިންސްޓަގުރާމުގައި ޖޯން ސީނާ ހިއްސާ ކޮށްފައިވަނީ ބޮލީވުޑުގެ އެކްޓަރ އަރްޝަދު ވާރްސީގެ ފޮޓޯއެކެވެ. މި ފޮޓޯއަކީ މީގެ ދުވަސްތަކެއް ކުރިން އަރްޝަދު މީސް މީޑިޔާގައި ހިއްސާ ކޮށްފައިވާ ފޮޓޯއެކެވެ.

ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ޖިމްގައި އުޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއަކާއި ހަށިގަނޑަށް މިހާތަނަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އަރުޝަދު ބުނެފައިވަނީ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އަދި ވަރަށް ދުވަސްނަގާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ފިލުމަށް ހަށިގަނޑު "ޝޭޕް" ކޮށްލަނީ ކަމަށެވެ.

އަރުޝަދުގެ މި ޕޯސްޓަށް ރަންވީރު ސިންގްއާއި ރިތޭޝް ދޭޝްމުކް ފަދަ ފަންނާނުން ހިތްވަރާއި ތައުރީފުގެ ކޮމެންޓްތައް ކޮށްފައިވެއެވެ.

ސީނާ އަރުޝަދުގެ މި ފޮޓޯ ހިއްސާ ކުރުމުން ގިނަ ބަޔަކަށް އަނެއްކާ ވެސް ސިހުމެއް ލިބުނެވެ.

މި ފޮޓޯއަށް ކޮށްފައިވާ ކޮމެންޓު ތަކުގެ ތެރޭގައި އިންޑިޔާގެ ގިނަ ފަރާތްތަކަކުން ބުނެފައިވަނީ އެއީ އިންޑިޔާއަށް ޓަކައި އަދި ބޮލީވުޑަށް ޖޯން ސީނާގެ އޮތް ލޯބި ކަމަށެވެ.

ބޮލީވުޑުގެ އެކްޓަރ ސިދާތު ޝުކުލާ މަރުވުމުން ވެސް ޖޯން ސީނާ ވަނީ ސިދާތުގެ ފޮޓޯއެއް ވެސް ކެޕްޝަނެއް ނެތި އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު