އެންމެ އަގު ބޮޑު ގަޑިތަކުގެ ތެރޭގައި ހިމެނޭ ރޮލެކްސް ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ދުބާއީގައި ހިންގި މި ހާދިސާގައި ވަގަށް ނަގާފައިވާ ގަޑީގެ އަގު 161,192.94 ރުފިޔާ އަށް އަރައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ގަޑި ވަގަށް ނަގާފައި ވަނީ ޖަރުމަންވިލާތުގެ މީހެކެވެ. އޭނާ މި ގަޑި ވަގަށް ނެގީ މީހެއްގެ ކާރުތެރޭގައި ގަޑި ބާއްވާފައި އޮއްވައެވެ.
ކެފޭއެއް ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެއް ތެރެއިން ޖަރުމަން މީހާ ވަނީ ރޮލެކްސް ދެ ގަޑި ނަގާފައެވެ. ކާރުގެ ވެރިފަރާތުން ގަޑި ގެއްލުނުކަން އެނގުނީ ގެއަށް ދިއުމުންނެވެ. އަދި އޭނާ ވަގުތުން ދުބައީ ފުލުހުންނަށް އެ މައްސަލަ ހުށައެޅިއެވެ.
ރޮލެކްސް ގަޑި ވަގަށް ނެގުމަށްފަހު ޖަރުމަން މީހާ ވަނީ އެ ގަޑިތައް އަލްޖީރިޔާ މީހަކަށް ވިއްކިކަމަށް އެއްބަސްވެފައެވެ. ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނީ ގަޑި ވިއްކާލާފައި ވަނީ 118,773.75 ރުފިޔާ އަށް ކަމަށެވެ. އެއީ ގަޑީގެ އަސްލު އަގަށްވުރެ 43،000 ރުފިޔާ ދަށް އަގެކެވެ.
ދުބާއީގައި ވައްކަމުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާއިރު އެ ގައުމުގައި ވައްކަންކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައްވެސް ދޭކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ އެއް ސިޓީގެ ގޮތުގައި ދުބާއީ ހިމެނޭއިރު އެ ސިޓީއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ސިޓީއެއްކަން ފާހަގަ ކުރެވެއެވެ.
ދުބާއީގައި ވައްކަމުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާއިރު އެ ގައުމުގައި ވައްކަންކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައްވެސް ދޭކަން ފާހަގަ ކުރެވެއެވެ. 3 މަސް. ރާއްޖޭގަ ރިހާކުރު ފުޅިއެއް ނެގީމަ 6 އަހަރު.
ރާއްޖޭގައި ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށް 6 އަހަރު ޖަލު ހުކުމް
މަ ހީކުރީ ނިހާނުގެ ގަޑިކަމަށް