އިނގިރޭސިވިލާތުގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް ގޭގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އާއިލާއިން ބުނިގޮތުގައި ފައިސާގެ ދަތިކަން ހުރުމުން ކައިވެނި ހަފްލާ ބާއްވަން ނިންމީ ގޭގައި ކަމަށެވެ. އަދި ގެއަށް އައީ 15 އާއިލާއަކުން ކަމަށްވެސް ބުންޏެވެ.

ކައިވެނި ހަފްލާތެރެއިން އެއް ކޮޓަރިން ދުންތަކެއް އަރަން ފެށުމުން މަންމަ ހަޅޭލަވަން ފެށިއެވެ. އަދި ގެއިން އެންމެން ނިކުތުމަށް ބުނަމުން ދިޔަ ކަމަށް ފިރިހެންމީހާ ކިޔައިދިނެވެ. ނަމަވެސް އެވަގުތު އެންމެންހެން ތިބީ ބޫޓަށް ނާރާކަމުން ނިކުންނަން އިރުކޮޅެއް ވަނީ ވެފައެވެ. ބައެއް މީހުންވަނީ ފައިވާން އަތުން ހިފައިގެން ނިކުމެފައެވެ.

ކައިވެނިކުރާ ފިރިހެންމީހާ ވަނީ ގެއިން ނިކުތުމުގެ ކުރިން އަނގޮޓި އާއި ކާރު ތަޅުދަނޑި އަދި ވޮލެޓް ނެރެފައެވެ. އެކަމަކު ގިނަ މީހުންނަށް އެއްވެސް ސާމާނެއް ނުނެރެވުނެވެ. އެ ގެއިން އެންމެން ނިކުތްއިރު ކޮޓަރިން އަލިފާންގަނޑު ނިކުމެ ބޮޑުވާން ވަނީ ފަށާފައި އެވެ. އެގޮޮތުން އަލިފާން ނިވުމަށް މީހުން ވަނީ ފަހުން ގެނެސްފައެވެ.

ކައިވެނި ކުރަންތިއްބާ ގޭގައި އަލިފާން ރޯވި ނަމަވެސް އެދެމީހުން ވަނީ ގަޑިއިރެއްފަހުން އަލުން ކައިވެނިކޮށްފައެވެ. ދެމީހުން ކައިވެނިކުރުމަށް ދެން ދިޔައީ ކޯޓަށެވެ.

އެންމެންގެ ނަސީބުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި އަލިފާން ނިއްވާ މީހުން ބުނިގޮތުގައި އެ ގެއިން އެންމެން ނިކުތުމަށް ކުޑަކޮށްވެސް ލަސްކުރި ނަމަ ފުރާޅު ބޯ މައްޗަށް ވެއްޓޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު